
--
އީދު ބަންދުގައިވެސް ޕާސްޕޯޓް ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ އީދު ބަންދުގައި ހިދުމަތް ދޭނީ މި މަހު 17 އިން ފެށިގެން 20 ގެ ނިޔަލަށެވެ. އަދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށް ވެސް ބުންޏެވެ.
އުމުރުން ދުވަސްވީ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދު ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އީދު ބަންދުގައި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން ހަވީރު 4:00 އަށް ކަމަށާއި ކިއުބީ އެޕް ބޭނުންކޮށްގެން ނުވަތަ އިމިގްރޭޝަންގެ ކައުންޓަރަށް ގޮސްގެން ކިއު ނަންބަރު ނެގޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ ހޮޓްލައިނަށް ގުޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ގުޅުންހުރި

އިއްޔެ ބޭއްވި އިމިގްރޭޝަންގެ ވޯކް އިން އިންޓަވިއުއަށް 670 ބައިވެރިން ހާޒިރުވި!

އިމިގްރޭޝަނަށް 70 އޮފިސަރުން ހޯދުމަށް ބާއްވާ ވޯކް އިން އިންޓަވިއު މާދަމާ!

އިމިގްރޭޝަނުގައި 70 ވަޒީފާގެ ފުރުސަތު: ވޯކް އިން އިންޓަވިއު އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭގައި!
.webp&w=3840&q=75)




