logoEN
cocacola
ވާދަވެރި ކުޅުމަކަށްފަހު ވެލިދޫ ޔުނައިޓެޑް ބަލިކޮށް ޖީބީ ސްޕޯޓްސް ކުލަބު ޗެންޕިއަންކަން ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު ވެލިދޫ ޔުނައިޓެޑް ބަލިކޮށް ޖީބީ ސްޕޯޓްސް ކުލަބު ޗެންޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

6/10/2024, 4:57:45 PM

# ވެމްކޯ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕް 2024# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް

ޖީބީ ސްޕޯޓްސްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ.. ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން

7 ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ ފިރިހެން ޑިވިޝަން ފައިނަލުގައި މިރޭ ވެލިދޫ ޔުނައިޓެޑާއި ޖީބީ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 38-34 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެންޕިއަންކަން ޖީބީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ގޮސިޔާ

ވެލިދޫ ޔުނައިޓެޑް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ 29-36 ގެ ނަތީޖާއަކުން ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑަމީ ބަލިކުރުމަށްފަހުއެވެ. އަދި ޖީބީ ސްޕޯޓްސް ކުލަބު ފައިނަލުން ޖާގަ ހޯދީ 36-24 ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކުލަބު ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ހަ ޕޮއިންޓްގެ ލީޑަކާއެކު 21-15 ގެ ނަތީޖާއަކުން ޖީބީ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ވެލިދޫ ޔުނައިޓެޑުން ވަނީ އިތުރު 19 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ހާފުގައި ކާމިޔާބު ކުރި 17 ލަނޑާއެކު ޖީބީ ސްޕޯޓްސް ކުލަބުން މެޗު ކާމިޔާބުކުރީ ހަތަރު ލަނޑުގެ ތަފާތަކުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖީބީ ސްޕޯޓްސް ކުލަބުގެ ގޯލުކީޕަރު އަހުމަދު އިނާޝް އެވެ. އެނާ ވަނީ މިމެޗުގައި ވެލިދޫ ޔުނައިޓެޑުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުޝިއާރުކަމާއެކު ދިފާއުކޮށް މިމެޗުން ޖީބީ ސްޕޯޓްސް ކުލަބު މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ އަބްދުﷲ ޒިޔާން (ޖީބީ ސްޕޯޓްސް ކުލަބު / ސެންޓަރބެކް)، މުހައްމަދު އައްފާން އާތިފް (ވެލިދޫ ޔުނައިޓެޑް / ރައިޓްވިންގް)، އަބްދުﷲ ނާޖީ (ޖީބީ ސްޕޯޓްސް ކުލަބު / ލެފްޓްވިންގް)، ރާއިދު ރަޝީދު (ވެލިދޫ ޔުނައިޓެޑް / ރައިޓްބެކް)، މުހައްމަދު ފިރުނާޝް އަބްދުﷲ (ޖީބީ ސްޕޯޓްސްވކުލަބު / ލެފްޓްބެކް)، އިސްމާއިލް ފަރުހާން (ޖީބީ ސްޕޯޓްސް ކުލަބު / ޕީޕީ ) އަދި އަހުމަދު އިނާޝް (ޖީބީ ސްޕޯޓްސް ކުލަބު / ގޯލުކީޕަރު) އެވެ.

މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި 10 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ