.jpeg&w=3840&q=75)
ހައްޖަށް ދިޔަ މީހަކަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާދެނީ
# އިސްލާމިކް މިނިސްޓްރީ# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު# ހައްޖު ކޯޕަރޭޝަން--
ރާއްޖެއިން ހައްޖަށް ދިޔަ މީހަކަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން. ވިދާޅުވީ, މިއަދު ހައްޖަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ޝަހީމް ވިދާޅުވީ, ދިވެހި ހައްޖުވެރިއަކަށް ހާޓްއެޓޭކެއް ޖެހިގެން މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށާއި, މިހާރު ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑު ވާނީ އެ ބޭފުޅާގެ އާއިލާ މީހުންނަށް ގުޅާފައި، ރާއްޖޭގައި އެބޭފުޅާގެ އާއިލާ މީހުންނަށް ގުޅާ ހާލު އެ ބޭފުޅުންނަށް ފޯރުކޮށްދީފައި" - ޝަހީމް ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަނާއި ހައްޖު މިޝަންގެ ފަރާތުންވެސް ބަލިމީހާގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ހައްޖުވެރިންގެ ކަންކަން ބެލުމަށްޓަކައި ޑޮކްޓަރުންގެ ޓީމެއްގެ އިތުރުން އެ މީހުން ތިބޭ ހޮޓަލުގައިވެސް ކްލިނިކެއްވެސް ގާއިމްކުރެވިފައިވާނެ ކަމަށެވެ. ބަލި މީހަކަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި ސައުދީ ރަސްގެފާނުގެ ބެލުމުގެ ދަށުން މައްކާގައި ހުންނަ ހިލޭ ސާބަހަށް ފަރުވާދެވޭ ނޫރު ހޮސްޕިޓަލުން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ފަރީދު ވަކިވެގެންދިއުމަކީ އިސްލާމީ ޚިދުމަތަށް ލިބިގެންދިޔަ ދެރައެއް - ޝަހީމް

ކުޑަކުދިންގެ ބުކްފެސްޓް 2025 އިސްލާމީ މަރުކަޒުގައި ފެށިގެން ކުރިޔަށް!

ހައްޖުގައި ތިބޭ މުއްދަތު 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތާއި ހިލާފު ވާހަކައެއް - ޝަހީމް
