logoEN
cocacola
ކުރީ ސަރުކާރުގެ ފްލެޓު ކޮމިޓީ މެމްބަރުންގެ ގެދޮރު ބަލައި ފާސްކުރަނީ

ކުރީ ސަރުކާރުގެ ފްލެޓު ކޮމިޓީ މެމްބަރުންގެ ގެދޮރު ބަލައި ފާސްކުރަނީ

އަލްފާ އަލީ

logo

6/10/2024, 6:45:22 AM

# އޭސީސީ

ކުރީގެ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ---

ކުރީ ސަރުކާރުން އެކުލަވައިލި ފްލެޓު ކޮމިޓީގައި ހިމެނޭ މެމްބަރުން ދިރިއުޅެމުންދާ ގެދޮރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލައި ފާސްކުރަން ފަށައިފި އެވެ.

ގޮސިޔާ

މިއަދު ހެނދުނު ބައެއް މެމްބަރުންގެ ގެތަކަށް ވަނީ އޭސީސީގެ ޓީމްތަކުން ވަނީ ވަދެފައެވެ. އެ ކޮމިޝަނުން މި ގެތައް ބަލައިފާސްކުރަމުން އަންނަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ވަނީ އެނގިަފއެވެ.

ތުހުމަތުކުރެވޭ މީހުންގެ ގެތައް ބަލައި ފާސްކުރަމުންދަނީ ފްލެޓުތަކާ ގުޅިގެން އެކޮމިޝަނުން ހިންގާ ޖިނާޢީ ތަހުގީގަށް ހެކި ހޯދުމަށް ކަމަށް އޭސީސީން ވިދާޅުވެއެވެ.

ބަލައި ފާސްކުރީ ސީދާ ކިތައް ގެ ކަމެއް ސާފުވެފައި ނުވި ނަމަވެސް ކުރީގެ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ގެ ބަލައިފާސްކޮށްފައިވާ ކަން ވަނީ އެނގިފައެވެ. އަދި އިތުރުން ފްލެޓު ކޮމިޓީގައި ހިމެނޭ އިތުރު ބައެއް މެމްބަރުންގެ ގެތައްވެސް ބަލައި ފާސްކުރަމުން އަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ފުރަތަމަ ދޭން ނިންމި 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމު ކުރުމުން ގިނަ ޝަކުވާތަކެއް ހައުސިންގ މިނިސްޓްރީ އާއި އޭސީސީއަށް ވެސް ވަނީ ހުށަހަޅާފައެވެ. އެ ޝަކުވާތަކާއި ގުޅިގެން އެ ފްލެޓްތައް ދޫކުރުން މަޑު ޖައްސާލުމަށްވެސް އޭސީސީން އެންގި އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައިވަނީ ވަނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓަށް ޝަރުތު ހަމަވާކަމަށް ނިންމާފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ވަނީ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއަށް ހުއްދަ ދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ