
--
އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީއެއް ގާއިމުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި މަސައްކަތަކީ މިނިސްޓްރީ އޮފް އެކޮނިމިކް ޑިވެލޮޕްމެންޓުން އިސްނަގައިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
އެގޮތުން މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށްޓަކައި ބިމެއް ހަމަޖެއްސުމަށް ބީސީސީއާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ބީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހް އާދަމް އެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އެވެބީސީސީ ބުނީ އައްޑޫގައި ގާމެންޓް ފެކްޓަރީއެއް އަޅަނީ ރާއްޖޭގައި ކުރެވިދާނެ މަސައްކަތްތައް ކޮށްގެން އިގްތިސާދު ވަރުގަދަ ކުރުމަށާއި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ރާއްޖެއަށް އެތެރެކުރާ މުދާ މަދުކުރުމުގެ ބޭނުމުގައި ކަމަށެވެ.
އައްޑޫގައި އަޅަން ނިންމާފައިވާ ގާމެންޓް ފެކްޓަރީއާ އެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ބީސީސީއިން ބުނެއެވެ.
ރައީސް މުއިއްޒުގެ ވެރިކަމާއި އެކު ރާއްޖޭގެ ކުދި އައި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް އިތުރު ފުރުސަތުތަކެއް ހުޅުވުމަށް ބީސީސީއިން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި މިހާރު ނުކުރާ އެތައް ވިޔަފާރިއެއް ފެށުމަށްޓަކައި މަސައްކަތްތަކެއް ބީސީސީއިން ދަނީ ކުރަމުންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އެމްއެސްއެމްއީ ފެސްޓް 2026 ގައި ބައިވެރިވުމަށް ކިއޮސްކްތައް ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލައިފި

އުފެއްދުންތެރިކަމުގެ މައުރަޒު: 31 އޮގަސްޓުގެ ކުރިން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފި

ބީސީސީގެ ޗެއާޕާސަންއަކަށް މުހައްމަދު ޝަހީދު




