
ފަސްޓްލޭޑީ ސާޖިދާގެ ބައްޕާފުޅުގެ މަގާމުގައި ހުންނެވި އަލީ އިބްރާހިމް އަވަހަރާވެއްޖެ
# ސާޖިދާ މުޙައްމަދު-
ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބައްޕާފުޅުގެ މަގާމުގައި ހުންނެވި އަލީ އިބްރާހީމް އަވަހާރަވެއްޖެ އެވެ.

ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހިމް (ދޮންއަލިބެ) އަވަހާރަވީ ރޭގެ ފަތިހުގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު، އުމުރުފުޅަކީ 78 އަހަރެވެ.
ދޮން އަލިބެގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ގައެވެ. މޫނު ދެއްކުން ވެސް ކުރިއަށް ގެންދާނީ މަރުކަޒު ގައެވެ.
މި ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ރައީސް ޑރ. މުއިއްޒު ވެސް ވަނީ އެދިވަޑައިގެންފައެވެ.
މެޑަމް ސާޖިދާގެ ދޮންބައްޕާފުޅު އަވަހާރަވުމުން ސަރުކާރު ހިންގާ ކޮންގެރެސް ކޯލިޝަނުން ވަނީ އާއިލާއަށް ތައުޒިޔާ ފޮނުވައިފައެވެ.
ގުޅުންހުރި

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް- ފަސްޓް ލޭޑީ
.jpg&w=3840&q=75)
"ޤައުމީ މަޝްވަރާގެ ޙަޤީޤީ ނަތީޖާ ފެންނާނީ ހަމައެކަނި ދެކެވޭ ވާހަކައަކުން ނޫން، ކުރާ އަމަލުން"

ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް - ފަސްޓްލޭޑީ




