
ހާދިސާ ހިނގި ސަރަަހައްދު --
ރ އުނގޫފާރުގައި، ކަރަންޓުގައި ޖެހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ޒުވާނާ މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.

އުނގޫފާރު، ދޫނިހުރާ، އުމުރުން 18 އަހަރުގެ ހުސެއިން އަތީކް ނިޔާވެފައިވަނީ ކަރަންޓު ޖެހުމުގެ ސަބަބުން ހާލު ސީރިއަށްވެ އައިޖީއެމްއެޗްފެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
އަތީކްގެ ފުއްޕާމެ އާއި އެތެރެހަށީގެ ގިނަ ގުނަވަންތަކަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނެފައިވެ އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު، އުނގޫފާރުގައި މަގުމަތީގައި ކުޅެން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހުނު ކުޑަކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި އަތީކް ކަރަންޓުގައި ޖެހި ހާލު ސީރިއަސްވެ އުނގޫފާރު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މާލެ ފޮނުވާލާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ.
ގުޅުންހުރި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯ ތެރަޕީގެ ޚިދުމަތް ފަށައިފި

ކަރަންޓު ޖެހި ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެ

އުނގޫފާރުގެ މަގެއްގައި ހެނދިފައި އޮތް ފެންގަނޑަކަށް އެރުނު ކުދިންތަކެއް ކަރެންޓުގައި ޖެހި ފަރުވާދެނީ!





