
އުނގޫފާރުގެ މަގެއްގައި ހެނދިފައި އޮތް ފެންގަނޑަކަށް އެރުނު ކުދިންތަކެއް ކަރެންޓުގައި ޖެހި ފަރުވާދެނީ!
# ރ. އުނގޫފާރުހާދިސާ ހިނގި ސަރަހައްދު
ރ އުނގޫފާރުގައި މަގެއްގައި ހެދިފައިވާ ފެންގަނޑަކަށް އެރުނު ކުދިންތަކެއް ކަރަންޓުގައި ޖެހިގެން ފަރުވާދޭން ފަށައިފި އެވެ.

އުނގޫފާރުގެ ނޫހެއް ކަމަށްވާ އުނގޫފާރު އޮންލައިނުން ބުނީ މިހާދިސާއާއި ގުޅިގެން 2 ކުޑަކުއްޖަކާއި ޒުވާން ފިރިހެން ކުއްޖަކަށް އެރަށު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. މިފަދަ ހާދިސާއެއް އުނގޫފާރުގައި ހިނގައިގެން އުޅޭކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައި އެވެ.
އުނގޫފާރު ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި މިއަދު މެންދުރު ހިނގި މިހާދިސާާއާއި ގުޅިގެން 8 އަހަރުގެ ފިރިހެން ކުއްޖަކަށާއި 12 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން 19 އަހަރުގެ ޒުވާނަކަށް އެހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އުނގޫފާރު ކައުންސިލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ މިހާދިސާ ހިނގަން މެދުވެރިވީ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތިއެއްގެ ވަޔަރިން މައްސަލައެއް ދިމާވެ ފެންގަނޑަށް ކަރަންޓު ދޫވެފައި ހުރުމުން ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުނގޫފާރު ކުޑަކުދިންގެ ޕާކު ކައިރީގައި ހުރި މަގުބައްތިއެއް ކައިރީގައި އޮތް ފެންގަނޑެއްގައި ކުޅެން ތިބި ކުދިންތަކެއް ކަރަންޓުގައި ޖެހިގެން އުޅޭ ކަމަށް މިއަދު މެންދުރު 13:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖަކާއި 12 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެ ދެ ކުދިންނަށް ވެސް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން ކަމަށާއި އެ ދެ ކުދިން ކަރަންޓުގައި ޖެހުނު މަންޒަރު ފެނުނު ކުއްޖަކު އަނބުރައިގަނެގެން، އެ ކުއްޖާ އަށް ވެސް އަންނަނީ ފަރުވާ ދެމުން ކަން ފުލުހުން ހާމަކުރެއެވެ.
ނަމަވެސް މިހާދިސާގައި ކަރަންޓުގައި ޖެހުނު ކަމަށްބުނާ 8 އަހަރުގެ ކުއްޖާގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
މި ހާދިސާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ އިރު ފަރުވާދެމުންދާ 2 ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
ގުޅުންހުރި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯ ތެރަޕީގެ ޚިދުމަތް ފަށައިފި

ކަރަންޓު ޖެހި ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެ

އުނގޫފާރުގެ މަގެއްގައި ހެނދިފައި އޮތް ފެންގަނޑަކަށް އެރުނު ކުދިންތަކެއް ކަރެންޓުގައި ޖެހި ފަރުވާދެނީ!





