
ފާއިތުވި 24 ގަޑިއިރުތެރޭ ޔަހޫދީ އިޒްރޭލުގެ ގިނަ އަދަދެއްގެ ސިފައިން ޒަހަމްކޮށްލާފައިވާ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުގެ ސިފައިންގެ 24 މީހަކު ޒަޚަމްވެފައިވާ ކަމަށާއި އޭގެ ތެރެއިން 16 ސިފައިންނަކީ ޣައްޒާގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ޔަހޫދީން ސިފައިން ތެރެއިން ޒަޚަމްވެފައިވާ ސިފައިން ކަމަށެވެ.
ހަނގުރާމަ ފެށުނީއްސުރެ އެ ޔަހޫދީ އަސްކަރިއްޔާގެ ޒަހަމްވި ސިފައިންގެ އަދަދު 3754 އަށް އަރާފައިވާ ވާއިރު އޭގެ ތެރޭގައި ޣައްޒާއަށް އެއްގަމު ހަމަލާ ދޭން ފެށި ފަހުން ޒަހަމްވި 1895 މީހުން ހިމެނެއެވެ.
ހަމަނުޖެހުންތައް ފެށުނު ފަހުން މިހާތަނަށް އިސްރާއީލުގެ 644 އޮފިސަރުންނާއި ސިފައިން މަރާލާފައިވާއިރު، އޭގެ ތެރޭގައި ޣައްޒާގެ އެއްގަމު ހަނގުރާމަތަކުގައި 293 މީހުން ހިމެނޭ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޔަހޫދީން މިއަދު ޒަހަމްވި ކަމަށް ސިފައިންގެ ތެރޭގައި ފަލަސްތީނުގެ ހައްގުގައި ހަނގުރާމަކުރަމުން އަންނަ ހަނގުރާމަވެރިން އިސްރާއީލަށް ދިން ހަމަލާތަކުގައި ޒަހަމްވި ސިފައިންވެސް ހިމެނެއެވެ.
ގުޅުންހުރި

ފަލަސްތީނުގެ ބިމުން އިތުރު 74 ހެކްޓަރުގެ ބިން ޔަހޫދީން ފޭރިގަނެފި

އައިސީސީ އިން ނިރުބަވެރި ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފި

ފަލަސްތީނުގެ ދިދަ މަނާކުރުމަށް ނިރުބަވެރި އިޒްރޭލުގެ މަޖިލީހަށް ބިލެއް!
