logoEN
Sto top
މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024 ޕާޓްނަރުންނާއި އެކު ސޮއިކޮށްފި

މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024 ޕާޓްނަރުންނާއި އެކު ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

6/6/2024, 10:26:37 AM

# ސިވިލް ސާވިސް ކޮމިޝަން

ސިވިލް ސާވިސް ކޮންފަރެންސްގެ ޕާޓްނަރެއްގެ ގޮތުން ވެމްކޯއާއި އެކު ސޮއިކުރުން

ކުރިއަށް އޮތް ސިވިލް ސަރވިސް ކޮންފަރެންސްގެ އެކިއެކި ކަންކަން ބެލެހެއްޓުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި އެކު ސިވިލް ސާވިސް ކޮމިޝަނުން ސޮއިކޮށްފި އެވެ.

Wamco

ސިވިލް ސާވިސް ކޮމިޝަނުން ސޮއިކޮށްފައިވަނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއާއި، މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަންއާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންއާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސްއާއި ޕަބްލިކް ސަރވިސް މީޑިއާއާއި، އޫރިދޫ މޯލްޑިވްސްއާއި، ދުވަސް ނޫހާއި، މޯލްޑިވްސް ބިޒްނަސް ރިވިއުއާއި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއާއި، އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި އެކުގައި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އާދީއްތަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.

ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި އެ ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙް ދެއްކެވި ވާހަކަފުޅުގައި، މި ފަހުމުނާމާ/އެއްބަސްވުމަކީ ސިވިލް ސަރވިސް ކޮމިޝަނުން ބާއްވާ "މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅުންހުރި އެކިއެކި މަސައްކަތްތައް ކުރުމަށް މި ކުންފުނިތަކުގެ އެހީގައި ކުރިއަށްދިޔުމުގެ މަގުފަހުކޮށްދިނުމުގެ ގޮތުން ސޮއިކުރެވޭ ފަހުމުނާމާ/އެއްބަސްވުމެއް ކަމަށް ވިދާޅުވިއެވެ.

ދިވެހި ސިވިލް ސަރވިސް ޑިޖިޓަލައިޒްކޮށް ކުރިއެރުވުމަށް ބޭނުންވާ ޢިލްމީ އަދި ފަންނުވެރި ޚިޔާލާއި މަޢުލޫމާތު ހޯދުމުގެ މަޤްޞަދުގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ހައްލު ހޯދައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ބޭއްވޭ ދިވެހި ސިވިލް ސަރވިސްގެ ކޮންފަރެންސް އޮންނާނީ މި އަހަރުގެ ޖޫން 9 އިން 10 އަށް ދަރުބާރުގޭގައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside