
ތޮއްޑޫ
އއ ތޮއްޑޫގައި މިއަދު ހިނގަމުންދާ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހަކަށް އަނިޔާވެއްޖެ އެވެ.

ތޮއްޑޫގައި މިއަދު މެންދުރުން ފެށިގެން މުޒާހަރާކުރަމުން އަންނަނީ ތޮއްޑޫގެ ގޮއިބިން ހިމެނޭ ސަރަހައްދުން ދަނޑުވެރިކަން ކުރަން ދިން މުއްދަތު ހަމަވެ 3 މަސްވެގެން ދިޔައިރު ވެސް ކައުންސިލުން ބިންތައް ދޫކޮށްފައިނުވާ ކަމަށް ބުނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 13:00 އެހައިކަންހާއިރު އއ. ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާކޮށް އާންމު މަސްލަހަތު ނަގައިލުމަށް މަސައްކަތްކުރަމުން ދިއުމާ ގުޅިގެން އެސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
އެގޮތުން އެސަރަހައްދުގައި މުޒާހަރާ ކުރަމުންދާ ބައެއް މީހުން ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގައު އުކަމުންދާތީ އާއި މަސްލަހަތު ނަގައިލުމަށް މަސައްކަތްކުރަމުންދާ ދާތީ އެގޮތަށް އެކަން ނުކުރުމަށް ތަކުރާރުކޮށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައިކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް އަނިޔާވެ، އެފުލުސް މީހާއަށް މިހާރު ދަނީ ފަރުވާދެމުން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެެވެ..
ގުޅުންހުރި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އޭދަފުށިން މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ބައިވެެރިވުމާއިއެކު ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ އޮޕަރޭޝަން ފަށައިފި
.jpg&w=3840&q=75)
ބަންދުގައި ހުރި ބިދޭސީއަކަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވޭ - ފުލުހުން

.gif&w=3840&q=75)



