
ދިވެހި ހައްޖާޖީންގެ ދެވަނަ ގްރޫޕު ފުރައިފި, 354 ހައްޖާޖީން ފުރި!
# ހައްޖު ކޯޕަރޭޝަން# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާމިއަދު ފުރި ހައްޖާޖީން
މިއަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ ދެވަނަ ގްރޫޕުގެ ހައްޖާޖީންނަށް ސައުދީ އަރަބިއާއަށް ފުރައިފި އެވެ.

354 ހައްޖާޖީންނާއި އެކު ދެވަނަ ގްރޫޕު ސައުދީއަށް ފުރީ މިއަދު ހަވީރު 16:00 ގައި ސައުދީ އެއާލައިންގެ ފްލައިޓެއްގައި އެވެ. މި ގްރޫޕުގައި ހިމެނޭ ހައްޖާޖީންނަށް ސައުދީ އަށް ދެވޭނީ މިރޭ ރާއްޖެ ގަޑިން 21:20 ހާއިރު ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައި އެވެ.
ހައްޖާޖީން ފުރުމުގެ ކަންކަމުގައި ސަރުކާރުގެ ކުންފުނިތަކާއި ސިފައިންނާއި ފުލުހުން ވަނީ އެހީތެރިކަން ފޯރުކޯށްދީފައި އެވެ. މިއަދު ހައްޖަށް ފުރި ދެވަނަ ގްރޫޕަކީ މިއަހަރު ރާއްޖެއިން ހައްޖަށް ދާ ހައްޖާޖީންގެ ތެރެއިން އެންމެ ގިނަ ހައްޖާޖީން ފުރި ގްރޫޕެވެ.
ހައްޖާޖީންގެ ފުރަތަމަ ގްރޫޕު ސައުދީއަށް ދިޔައީ މިދިޔަ ހުކުރު ދުވަހު އެވެ. އެގޮތުން އެދުވަހު 296 ހައްޖާޖީން ވަނީ ފުރާފައި އެވެ. ހައްޖާޖީންގެ ފަހު ގްރޫޕު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. އެގްރޫޕުގައި 339 ހައްޖާޖީން ސައުދީއަށް ފުރުމަށް ވަނީ ހަމަޖެހިފައި އެވެ.
މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. އިސްލާމިކް މިނިސްޓްރީ ބުނެފައިވާ ގޮތުގައި އެހީތެރިން ފިޔަވައި މި އަހަރު ރާއްޖެއިން 980 މީހަކު ހައްޖަށް ދާނެ އެވެ. މީގެ ތެރެއިން 50 މީހުންނަކީ މި ސަަރުކާރުގެ ދައުރުގެ ތެރޭގައި 1،000 ފަގީރުން ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ތެރޭގައި ހިމެނޭ މީހުންނެވެ.
ގުޅުންހުރި

މާލެ ސަރަހައްދުގައި ބޮޑު ޖަމާޢަތުގައި 4 ސަރަހައްދެއްގައި!

ޙައްޖުވެރިންނަށް ވަޒީރުގެ މުހިއްމު ނަޞޭޙަތްތަކެއް!

ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ޙައްޖުވެރިންގެ ކަންކަން ފަސޭހަ ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުން – ޝަހީމު
