logoEN
cocacola
ދިވެހި ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް ޚާއްޞަކޮށް ނޫސްވެރިކަމުގެ ތަމްރީން ކޯހެއް ފަށައިފި

ދިވެހި ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް ޚާއްޞަކޮށް ނޫސްވެރިކަމުގެ ތަމްރީން ކޯހެއް ފަށައިފި

އަހުމަދު ޝުރާއު

logo

6/3/2024, 9:36:53 AM

# ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

ކޯހުގައި ކިޔަވައިދެއްވާ ރާއްޖޭގެ އިސް ނޫސްވެރިން

ދިވެހި ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް އަމާޒުކޮށް، ނޫސްވެރިކަމުގެ ކުރު ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

ގޮސިޔާ

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ބުނީ މި ހިނގާ ޖޫން މަހުގެ 2 އިން 12 ގެ ނިޔަލަށް ކުރިއަށް ގެންދާ، ޖުމްލަ 24 ގަޑިއިރުގެ މި ކޯހުގައި ކިޔަވައިދެއްވާނީ ނޫސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުން ކަމަށެވެ. މި ހުރިހައި ބޭފުޅުންނަކީ ވެސް ނޫސްވެރިކަމުގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، ނޫސްވެރިކަން ނުވަތަ ލިޔުންތެރިކަމުގެ ރޮނގުން ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންކަން އެވުޒާރާއިން ވަނީ ފާހަގަކޮށްފައި އެވެ.

މި ކޯހުގައި ކިޔަވައިދެއްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ “އަދިވެސް އޮންލައިން”ގެ ސީ.އީ.އޯ އަދި ޗީފް އެޑިޓަރު އަދި ހަވީރު އޮންލައިނާއި “ހުވާސް”ގެ ކުރީގެ އެޑިޓަރު މުޙައްމަދު ޝަހީބާއި “ދައުރު” އޮންލައިންގެ ޗީފް އެޑިޓަރު މޫސާ ލަޠީފާއި “ވަން އޮންލައިން”ގެ ސީ.އީ.އޯ އަދި ޗީފް އެޑިޓަރު ސިނާން ޢަލީ އާއި “މިރާރ އޮންލައިން”ގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ޙަލީމާއި “ސަން މީޑިއާ”ގެ ސީ.އީ.އޯ މުޙައްމަދު އާސިފު (މޮންދު) އާއި ވީނިއުސްގެ ކުރީގެ އެޑިޓަރު ޢިމާދު ލަޠީފާއި ދިވެހި ބަހުގެ އުސްތާޒެއް ކަމަށްވާ، ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް ފަރެސް މުޙައްމަދު ޢާމިރެވެ.

މި ކޯހުގައި ކިޔަވައިދޭ މައިގަނޑު ބައިތަކުގެ ތެރޭގައި ޚަބަރު ދެނެގަންނާނެ ގޮތާއި، ޚަބަރު އެކުލަވައިލައި ލިޔާނެ ގޮތާއި، އިންޓަވިއުކުރާނެ ގޮތާއި ފީޗަރ ރިޕޯޓް ލިޔާނެ ގޮތްތައް ހިމެނެއެވެ. އަދި ނޫސްވެރިކަމުގެ އަޚުލާޤާ ބެހޭ ގޮތުންނާއި ކާމިޔާބު ނޫސްވެރިއަކަށް ވުމުގެ ޢަޒުމާއި ހިތްވަރުގެ މައްޗަށާއި ތަރުޖަމާ ކުރުމުގެ ފަންނުގެ މައްޗަށާއި ނޫސްވެރިކަމުގެ ބަހުގެ ހަމައިގެ މައްޗަށާއި ނިއުސްރޫމް މެނޭޖްމަންޓުގެ މައްޗަށާއި ފޮޓޯ އަދި ވީޑިއޯ ޖާނަލިޒަމްގެ މައްޗަށާއި މީޑިއާގެ ތަފާތު ވައްތަރުތަކުގެ މައްޗަށާއި ފޭކް ނިއުސްގެ މައްޗަށްވެސް މި ތަމްރީން ޕްރޮގްރާމްގައި ބައްލަވާނެއެވެ.

ޤައުމިއްޔަތު މަޝްރޫޢުގެ ދަށުން ތަމްރީން ކުރެވިގެންދާ މި ވިލަރެސްވެރީންނަކީ ދިވެހިވަންތަކަމުގެ ޢިލްމުތައް ދިރާސާކޮށް މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތު ރައްކާކުރުމުގެ ޤައުމީ މަސައްކަތް ކުރާނެ ފަރާތްތައްކަމުން އެފަރާތްތަކަށް ނޫސްވެރިކަމުގެ ދައުރު ވިސްނިފައި އޮތުމާއި މިދާއިރާގެ ތަޖުރިބާއަކީ މުހިންމުކަމަކަށް ވާނެ ކަމަށް އެވުޒާރާއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ