logoEN
Sto top
ޖޭއެސްސީގައި މަޖިލިސް ތަމްސީލުކުރައްވާނީ މެންބަރު ރިޒާ!

ޖޭއެސްސީގައި މަޖިލިސް ތަމްސީލުކުރައްވާނީ މެންބަރު ރިޒާ!

# ރައްޔިތުންގެ މަޖިލިސް# ޖުޑިޝަލް ސާވިސް ކޮމިޝަން

މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތެރެއިން މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އައްޔަނުކުރެއްވުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Wamco

ޖޭއެސްސީއަށް މަޖިލީހުގެ ފަރާތުން މެންބަރަކު އައްޔަނުކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޒާގެ ނަން ހުށަހަޅުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކުއެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މާފަންނު ދެކުނު މެމްބަރު އަބްދުﷲ ރިފާއު އެވެ.

އެގޮތުން ޖޭއެސްސީއަށް މެންބަރަކު އައްޔަނުކުރެއްވުމަށް ރިޔާސަތުން ދިން 15 މިނެޓުގެ ވަގުތު ހަމަވިއިރު، ޖޭއެސްސީއަށް އައްޔަނުކުރެއްވުމަށް ހުށަހެޅީ ރިޒާގެ ނަން އެކަންޏެވެ.

އެއާއެކު މަޖިލީހުގެ ފަރާތުން ޖޭއެސްސީއަށް ރިޒާ އައްޔަނުކުރެއްވުމަށް ނެގުނު ވޯޓުގައި 83 މެންބަރުންގެ ވޯޓުން ފާސްވީ ރިޒާ އެ މަގާމަށް އައްޔަނުކުރެއްވުމަށެވެ. ރިޒާގެ ނަން ފާސްކުރެއްވުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި، މަޖިލީހުގެ ފަރާތުން ޖޭއެސްސީގައި ތަމްސީލުކުރާނެ މެންބަރަކަށް ރިޒާ އައްޔަނުވެވަޑައިގެނެންވިއިރު، މިދިޔަ 19 ވަނަ މަޖިލީހުގެ ބަޔަކާއި އަދި 18 ވަނަ މަޖިލީހުގައި ޖޭއެއެސްސީ ތަމްސީލުކުރެއްވީ ރިޒާގެ ބޭބޭފުޅު އިބްރާހިމް ރިޒާއެވެ. އެގޮތުން ކެންސަރު ބަލީގައި އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފަހުން ޖޭއެސްސީ ތަމްސީލުކުރެއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއެވެ.

ޖޭއެސްސީގައި މަޖިލިސް ތަމްސީލުކުރައްވާނެ މެންބަރަކަށް ހުސައިން ރިޒާގެ ނަން ފާސްކުރެވުނު އިރު، ރިޒާ އަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވައި ޝަރީއާގެ ދާއިރާއިން މާސްޓާސް ވެސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް ފުރުއްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside