
"ފަލަސްޠީނާއިއެކު ދިވެހިން" ގެ ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަނީ
# ފަލަސްތީން - އިސްރާއިލް# ރާއްޖެ - ފަލަސްތީންމީގެ ކުރިން ރާއްޖޭގައި ބޭއްވި ހިނގާލުމެއް
"ފަލަސްޠީނާއިއެކު ދިވެހިން" ގެ ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި އެވެ. އެގޮތުން ފަލަސްތީނުގައި ޔަހޫދީ އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރުމަށްޓަކައި ގިނަ ކަންތައްތަކެއް މިއަދު ވަނީ ނިންމާފައި އެވެ.
އެގޮތުން "ފަލަސްތީނާއިއެކު ދިވެހިން" ގެ ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ނިންމާފައިވީ ނަމަވެސް، އެ ހިނގާލުން ސީދާ ބާއްވާނެ ތާރީހެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. މި ހިނގާލުން ކުރިޔަށް ގެންދާނީ ސަރުކާރުން އިސްނަގައިގެން ސަރުކާރު މުވައްސަސާތައް ގުޅިގެންނެވެ.
މީގެ އިތުރުންވެސް ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފަންޑްރައިޒްގެ ހަރަކާތްތަކެއް ވެސް ރާއްޖޭގައި ހިންގުމަށްވެސް ސަރުކާރުން ވަނީ ނިންމާފައި އެވެ.
މިއަދުގެ ކެބިނެޓު ބައްދަލުވުމުން ނިންމެވި އެންމެ މުހިންމު ނިންމެވުމަކީ އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމަށް ނިންމުމެވެ.
ގުޅުންހުރި

ހަމަލާތައް ހުއްޓާލަން ދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި

އިސްރާއިލުން ޣައްޒާއަށް ދިން ވަރުގަދަ ހަމަލާ, ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އައިސީސީ އިން ނިރުބަވެރި ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފި
