logoEN
Sto top
ފަލަސްތީނުގެ ޒުވާން ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕު ކުރުމަށް މަގުފަހިކޮށްދީފި

ފަލަސްތީނުގެ ޒުވާން ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕު ކުރުމަށް މަގުފަހިކޮށްދީފި

އަހުމަދު ޝުރާއު

logo

9/2/2025, 5:37:38 PM

# ރާއްޖެ - ފަލަސްތީން

-

ފަލަސްތީނުގެ ޒުވާން ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕު ކުރުމުގެ މަގު ސަރުކާރުން ފަހިކޮށްދީފި އެވެ.

Wamco

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމަށް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ރަސްމީކޮށް އެދުނީ ޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި އެވެ. މިއާއިއެކު އެފްއޭއެމުން ނިންމީ ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޮންސާތަކާއި ގުޅިގެން އެ އިންތިޒާމު ހަމަޖައްސައިދޭށޭވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޓީމުތަކަށް އެ ގައުމުގެ ފަސްގަނޑުގައި މުބާރާތް ކުޅެ ތަމްރީނު ހެދުމުގެ ފުރުސަތު ނުލިބޭތީ ތަމްރީނު ހަދަނީ އެހެން ގައުމުތަކުގައިއެވެ.

މިކަމާއި ގުޅިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގް އާއި އެއެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ މިއަދު ވަނީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އާއި ބައްދަލުކުރައްވާފައި އެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ސްޕޯޓްސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިންތިޒާމް ހަމަޖެއްސުމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.

މިއީ ފަލަސްތީނާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެ، ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމަށްޓަކައި ނިންމުނު މުހިންމު ނިންމުމެއްގެ ގޮތުގައި މިނިސްޓްރީން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC