
އިރާގުގެ ޖަމާއަތަކުން ޔަހޫދީ އިޒްރޭލަށް ހަމަލާދީފި އެވެ.

އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ އާއި އިސްރާއީލާ ދެކޮޅު ފެކްޝަންތައް ހިމެނޭ އިސްލާމިކް ރެސިސްޓެންސް އިން އިރާގު އަމްބްރެލާ ގްރޫޕްގައި ހިމެނޭ ޝިޔާ އަސްކަރީ ޖަމާއަތެއް ކަމަށްވާ ސަރަޔާ އަވްލިއާ އަލް-ޑޭމް އިން އިޒްރޭލަށް ދިން ހަމަލާއެއް ކަމަށް ބުނާ ވީޑިއޯއެއް ވަނީ އާންމުވެފައި އެވެ.
މޫނު ނިވާކޮށްގެން ތިބި ހަނގުރާމަވެރިން ބިންގަރާހެއްގައި ޑްރޯން ތައްޔާރު ކުރާ މަންޒަރާއި އެކު އާންމުކުރި ވީޑިއޯއިން ފެންނަނީ ބުރާސްފަތި ދުވަހުގެ ފަތިހު "ހައިފާ ބަނދަރުގެ މުހިންމު ދެ އަމާޒަކަށް" ލޯންޗްކުރި ޑްރޯންތައްކަމަށް އެޖަމާއަތުން ބުނެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.
މިއީ ސަރަޔާ އަވްލިޔާ އަލް ޑޭމް ނުވަތަ ގާޑިއަންސް އޮފް ބްލަޑް ބްރިގޭޑުން އިސްރާއީލާ ދެކޮޅަށް ހިންގި ކަމަށް ބުނާ ފުރަތަމަ އޮޕަރޭޝަން ކަމަށް އަލް ޖަޒީރާއިން ބުނެއެވެ.
މި ހަމަލާދިން ކަމަށް އިރާގުގެ ޖަމާއަތުން ބުނި ނަމަވެސް އިޒްރޭލުން މި ހަމަލާއާއި ގުޅޭ މައުލޫމާތު އަދި ހާމައެއް ނުކުރެއެވެ.
.gif&w=3840&q=75)




