logoEN
Sto top
އެއް ޑިޖިޓާއި ދެ ޑިޖިޓުގެ ޑޮމެއިން ވިއްކުމަށް ދަނީ ތައްޔާރުވަމުން - މިނިސްޓަރ

އެއް ޑިޖިޓާއި ދެ ޑިޖިޓުގެ ޑޮމެއިން ވިއްކުމަށް ދަނީ ތައްޔާރުވަމުން - މިނިސްޓަރ

އަހުމަދު ޝުރާއު

logo

5/29/2024, 4:24:02 PM

# މިނިސްޓަރ އަމީން

ޓްރާންސްޕޯޓް މިނިސްޓަރ

ވެހިކަލްތަކުގެ ޑޮމެއިން ވިއްކުމުގައި އެއް ޑިޖިޓާއި ދެ ޑިޖިޓުގެ ޑޮމެއިން ނަމްބަރުތައް ވިއްކުމަށް ތައްޔާރުވަމުން އަންނަ ކަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ހާމަކޮށްފި އެވެ.

Wamco

އެމިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ މުހައްމަދު އަމީން ވަނީ މިހާރު ހުއްޓާލާފައިވާ ޑޮމެއިން ވިއްކުމުގެ މަސައްކަތް އަލުން ފެށުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކުރައްވާފައި އެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ މިނިސްޓްރީގައި މިހާރު ބޭނުންކުރަމުންދާ ޕޯޓަލް ހަރުދަނާކުރުމުގެ މަސައްކަތާއެކު ޑޮމައިން ވިއްކުމަށް ފުރުޞަތު ހުޅުވާލާނެ ކަމަށެވެ.

އެގޮތުން ޑޮމެއިން ވިއްކަން ހުޅުވާލާއިރު އެހެން ފަހަރުތަކާއި ހިލާފަށް މުޅިން އަލަށް އެއް ޑިޖިޓާއި ދެ ޑިޖިޓުގެ ޑޮމެއިން ނަމްބަރުތައް ވިއްކުމަށް މިހާރު ނިންމާފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވި އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް މިނިސްޓަރ ނުދެއްވައެވެ.

މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީއިން ވިއްކަމުން ދިޔައީ 4 ޑިޖިޓާއި 3 ޑިޖިޓުގެ ޑޮމެއިން އެވެ.

ރާއްޖޭގައި ބޭނުންކުރަމުންދާ ވެހިކަލް ޑޮމައިންތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ސައްހަ ނޫން ޑޮމެއިންގެ މައްސަލަ ނުވަތަ މިނިސްޓްރީގެ ތެރެއިން ހިންގާފައިވާ ޖަރީމާތަކުގެ ތެރެއިން ޑޮމެއިން ދޫކުރި މައްސަލަ އާއި ގުޅިގެން މިނިސްޓަރ އަމީން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން 1400އެއްހާ ޑޮމައިން ރާއްޖޭގައި ބޭނުންކުރާކަން ހޯދިފައިވާކަމަށާއި މީގެތެރެއިން މިނިސްޓްރިއިން ދޫކޮށް، ސައްޙަ ޑޮމައިންގެ ގޮތުގައި ބޭނުންކުރަނީ 700 ޑޮމައިންކަމަށެވެ. އަދި ސައްހަ ނޫން ޑޮމައިންތަކަކީ އެކަންކަމުގެ ރެކޯޑް އެކަށީގެންވާގޮތުގައި ބަލަހައްޓާފައި ނުވާތީ، އެއީ އޭގެ ސައްޙަކަން ކަށަވަރު ނުވާ ޑޮމައިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރެކޯޑްތައް ބެލެހެއްޓުމަށް މިނިސްޓްރީއިން ބޭނުންކޮށްފައިވަނީ މޮނީޓަރު ތިން ފޮތް ކަމަށެވެ.

ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދާ ހިލާފަށް ޑޮމެއިންތައް ދޫކުރަމުންދާ ކަން ފާހަގަ ކުރެވިގެން ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ޑޮމެއިން ވިއްކުން ހުއްޓުވީ މިދިޔަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމިނިސްޓްރީއަށް އެންގެވުމާއި ގުޅިގެންނެވެ. މިނިސްޓަރ ވިދާޅުވީ މިއީ ޤާނޫނުން ކަނޑައަޅާފައި އޮތް ޚިދުމަތްކަށްވާއިރު، މައްސަލައަކާ ގުޅިގެން ޑޮމައިން ދޫކުރުން އެއްކޮށް ހުއްޓާލާފައި އޮތުމަކީ ޙައްލު ނޫންކަމަށެވެ.

ޒަމާނަށް ފެތޭ، ތަފާތު ކޮންސެޕްޓަކާ އެކު ބިޑިން ސިސްޓަމެއްގެ ތެރެއިން ޑޮމެއިން ވިއްކުމުގެ ކަންކަން ދެތިން މަސް ތެރޭ އަލުން ފަށާނެ ކަމަށް މިނިސްޓަރު ވަނީ މިއަހަރުގެ ޖެނުއަރީ މަހުގައި ވެސް ވިދާޅުވެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC