logoEN
Sto top
ހއ އިން ފެށިގެން ލ އަތޮޅާއި ހަމައަށް ހުދު ސަމާލު!

ހއ އިން ފެށިގެން ލ އަތޮޅާއި ހަމައަށް ހުދު ސަމާލު!

އަހުމަދު ޝުރާއު

logo

5/29/2024, 3:53:15 PM

# ހުދު ސަމާލު

ހުދު ސަމާލު

ގަދަ ވަޔާއިއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދަށް ހުދު ސަމާލު ނެރެފި އެވެ.

Wamco

މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ތިލަދުންމަތިން ފެށިގެން ހައްދުންމައްޗާއި ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ, މިރޭގެ 00:30 ގެ ނިޔަލަށެވެ.

އެ އިދާރާއިން ބުނީ މި މުއްދަތުގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

ރާއްޖެއާށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެގޮތުން ހުޅަނގު މޫސުމުގެ ބާރު ވަރަށް ބޮޑަށް ގަދަވެފައިވާއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދަނީ ބޯވާރެ އާއި ގަދަ ވަޔާއި އެކު ވިއްސާރަކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside