logoEN
cocacola
ކުޑަކުއްޖަކާ ގުޅޭ ބަދުއަޙްލާގީ މައްސަލައެއްގައި ހުކުމް ތަންޒީފުކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެ

ކުޑަކުއްޖަކާ ގުޅޭ ބަދުއަޙްލާގީ މައްސަލައެއްގައި ހުކުމް ތަންޒީފުކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެ

އަހުމަދު ޝުރާއު

logo

5/27/2024, 2:05:11 PM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ހުޅުމާލެ ޖަލު

ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މިއަދު މަރުވެއްޖެ އެވެ.

ގޮސިޔާ

މޯލްޑިވްސް ކަރެކްޝަންސްއިން މައުލޫމާތު ދޭގޮތުގައި މަރުވެފައިވަނީ ތ. ތިމަރަފުށީ މިނިވަން އައްސޭރި އާދަމް ޢަލި މަނިކު (83 އަހަރު) އެވެ.

އެގޮތުން އާދަމް ޢަލި މަނިކު ނުހޭލައިގެން، އެ ގޮޅީގައި ތިބި އެހެން ޤައިދީން ޑިއުޓީ އޮފިސަރުންނަށް އެންގުމުން، މެޑިކަލް ސެންޓަރަށް ގެންދިޔައިރުވެސް ހަރަކާތް ނުކުރާތީ، އޭނާ ވަނީ 12:00 ހާއިރު އެމަޖެންސީ ޙާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ މަރުވެފައިވާ ކަނޑައަޅާފައިވަނީ މެންދުރު 12:30 ހާއިރު ގައިވެއެވެ.

އާދަމް ޢަލި މަނިކުއަކީ ކުޑަކުއްޖަކާ ގުޅޭ ބަދުއަޙްލާގީ މައްސަލައެއްގައި 10 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުންދިޔަ ގައިދީއެކެވެ. އަދި އޭނާއަކީ ހަކުރު ބަލި، ކިޑްނީ އަދި ކުޑަކަމުދާ ނިޒާމިގެ ބަލި، ކޮލެސްޓްރޯލް، ހައިޕަރޓެންޝަން އަދި ލޮލުގެ ބަލި ފަދަ ގިނަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއް ކަމަށްވެސް ކަރެކްޝަންސްއިން ވަނީ ބުނެފައި އެވެ.

އާދަމް ޢަލި މަނިކު ނިޔާވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާކަމަށް ވެސް ކަރެކްޝަންސްއިން ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ