logoEN
cocacola
މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ދައުރުވަމުންދާތީ ސަމާލުވުމަށް ހޯމްލޭންޑް މިނިސްޓްރީއިން އިލްތިމާސްކޮށްފި

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ދައުރުވަމުންދާތީ ސަމާލުވުމަށް ހޯމްލޭންޑް މިނިސްޓްރީއިން އިލްތިމާސްކޮށްފި

އަހުމަދު ޝުރާއު

logo

5/23/2024, 3:15:42 PM

# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަޔެއް ބައިނަލްއަގުވާމީ މާކެޓުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވާތީ އެކަމަށް ސަމާލުވުމަށް ރާއްޖޭގެ ހޯމްލޭންޑް މިނިސްޓްރީއިން އިލްތިމާސްކޮށްފި އެވެ.

ގޮސިޔާ

ހޯމްލޭންޑް މިނިސްޓްރީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ފެންޓަނީލް-ލޭސް ޑްރަގްސް"، ނުވަތަ އާންމުކޮށް ކިޔާ ނަމުން ނަމަ، "ޗައިނާ ވައިޓް" ބައިނަލްއަގުވާމީ މާކެޓުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައި ކަމަށެވެ.

މިއީ ބާރުގަދަ ކެމިކަލްތަކެއް އެއްކުރެވިގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗަކަށްވާތީ އާއި މި ބާވަތުގެ މަސްތުވާތަކެއްޗަކީ އެ ބޭނުން ކުރާ ފަރާތްތަކުގެ ފުރާނަ އަށް ނުރައްކާވާ ފަދަ ބާރުގަދަ މަސްތުވާ އެއްޗެއް ކަމަށް ބަޔާނުގައި ވަނީ ބުނެފައި އެވެ. މިއާއި އެކު މިކަމަށް ސަމާލުވުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައިއެވެ.

މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ކުރަން ޖެހޭ މަސައްކަތްތައް މިނިސްޓްރީ އާއި ނެޝަނަލް ޑްރަގް އެޖެންސީ އާއި ކަމާގުޅުން ހުރި އެންމެހާ މުއައްސަސާތަކެއް ގުޅިގެން ކުރަމުން އަންނަ ކަންވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

ހޯމްލޭންޑް މިނިސްޓްރީގެ ބަޔާނުގައި މި ބާވަތުގެ މަސްތުވާތަކެތި މިހާތަނަށް ރާއްޖެ އެތެރެކޮށްފައިވާކަމެއް ނުވަތަ ނޫންކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ