logoEN
cocacola
ލުކުމަންގެ ހެޓްރިކާއެކު ލެވަކޫސަން ބަލިކޮށް އެޓަލާންޓާ ޗެންޕިއަންކަން ހޯދައިފި

ލުކުމަންގެ ހެޓްރިކާއެކު ލެވަކޫސަން ބަލިކޮށް އެޓަލާންޓާ ޗެންޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

5/23/2024, 3:51:56 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޔޫރޮޕާ ލީގު # ބަޔާ ލެވަކޫސަން# އެޓަލާންޓާ

އެޓަލާންޓާގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ

ޔުއެފާ ޔުރޮޕާ ލީގު ފައިނަލުގައި ފަސޭހަކަމާއެކު ޖަރުމަނުގެ ޗެންޕިއަން ބަޔާ ލެވަކޫސަން 3-0 ގެ ނަތީޖާއަކުން ބަލިކޮށް އިޓަލީގެ އެޓަލާންޓާ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

ގޮސިޔާ

މިސީޒަނުގައި ލެވެކޫސަން މިމެޗުގެ ކުރިން ކުޅުނު 51 މެޗުގެ ތެރެއިން އެޓީމު މެޗަކުން ބަލިވެފައި ނުވާއިރު، މިއީ ފާއިތުވެދި 22 އަހަރުގެ ތެރޭގައި ޔޫރަޕްގެ ފައިނަލެއްގައި އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. މީގެ އިތުރުން މިއީ 61 އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ޗެންޕިއަންކަން އެޓަލާންޓާއިން ހޯދި ފުރަތަމަ ފަހަރެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލެވަކޫސަންގެ ކުޅުންތެރިންގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، އެޓަލާންޓާ އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާގެ ފޯވާޑް އެޑްމޮލާ ލުކްމަން އެވެ.

މިއީ އެޓީމުގެ ޑިފެންޑަރު ޒަޕަކޯސްޓާ ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށްހުރެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ 13 މިނެޓު ފަހުން ލުކްމަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އެޓަލާންޓާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލެވަކޫސަން އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަ ކުރިއެވެ. ނަމަވެސް އެޓީމުން މުޅި ޓީމު ކުރިއަށްޖެހި ލަނޑެއްޖެހޭތޯ މަސައްކަތްކުރަމުން ދަނިކޮށް ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި އެޓަލާންޓާ އިން އުފެއްދި ކައުންޓާ އެޓޭކެއްގައި ލުކްމަން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އެޓަލާންޓާ ކުރީފައި އޮވެގެންނެވެ. އަދި މިއީ އެކުލަބުގެ ތާރީޚްގައި ވެސް ޔޫރަޕްގެ މުބާރާތެއްގެ ޗެންޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ