
ޗޮންގްކިންގް އެއާލައިންސް
ޗައިނާގެ އެއާލައިނެއްކަމަށްވާ ޗޮންގްކިންގް އެއާލައިންސްގެ ދަތުރުތައް އަލުން ސްރީލަންކާއަށް ފަށަން ނިންމައިފި އެވެ.

ލަންކާގެ މައި އެއާޕޯޓް ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ބުނީ ޗޮންގްކިން އެއާލައިނުން ޗައިނާގެ ޗޮންގްކިންގް އާއި ސްރީލަންކާގެ ކޮލަމްބޯއާ ދެމެދު ދަތުރުތައް ފަށާނީ ޖޫން 24، 2024 އިން ފެށިގެން ކަމަށެވެ.
އެ އެއާލައިނުން ހަފުތާއަކު ތިން ފްލައިޓް ކޮލަމްބޯއަށް ކުރުމަށް ހަމަޖެހިފައިވާއިރު މި ދަތުރުތަކުގެ ސަބަބުން، ދެ ސިޓީ އަލުން ގުޅާލައި ދަތުރުފަތުރާއި ވިޔަފާރީގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ވަނީ ބުނެފައި އެވެ.
ޗައިނާގެ ޗޮންގްކިންގްގައި 2007 ވަނަ އަހަރު އުފެދުނު މި އެއާލައިނަކީ ޗައިނާގެ މެއިންލޭންޑްގައި އެތެރޭގެ ފަސިންޖަރުންގެ ހިދުމަތުގެ އިތުރުން ސްރީލަންކާ، ތައިލެންޑް، ވިއެޓްނާމް އަދި ސިންގަޕޫރަށް ބައިނަލްއަގުވާމީ ދަތުރުތައް ދެމުން އަންނަ އެއާލައިނެކެވެ.
މިއެއާލައިންގެ ސަބަބުން ނުސީދާކޮށް ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ރަނގަޅު ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ. ސަބަބަކީ މިހާރުވެސް ކޮލަމްބޯއަކީ ރާއްޖެ އަންނަ ބައެއްް ފަތުރުވެރިން ޓްރާންސިޓް ކުރާ މަންޒިލަކަށް ވުމެވެ.
ގުޅުންހުރި

468 ކިލޯގެ މަސްތުވާތަކެއްޗާއިއެކު އަތުލައިގަތް ބޭރުގެ ބޯޓުގައި ތިބި 5 މީހުންގެ ބަންދަށް އެއް މަސް!

ލަންކާގެ އައު ރައީސަށް ގާނޫނު ހަދާ މަޖިލީހުގެވެސް ފުރިހަމަ ބާރު ލިބިއްޖެ!

ލަންކާގެ ބޮޑުވަޒީރަކަށް ޑރ ހަރީނީ!
