logoEN
Sto top
ބަންޑޭރިކޮށީގައި ނިޔާވެފައި އޮއްވާ ފެނުނީ ހޯނޑެއްދޫ ޒުވާނެއް!

ބަންޑޭރިކޮށީގައި ނިޔާވެފައި އޮއްވާ ފެނުނީ ހޯނޑެއްދޫ ޒުވާނެއް!

އަހުމަދު ޝުރާއު

logo

5/21/2024, 7:13:58 AM

# ގދ. ހޯނޑެއްދޫ

ހޯނޑެއްދޫ

މިމަހުގެ މިމަހުގެ 14 ވަނަ ދުވަހު ބަނޑޭރި ކޮށީގެ އެޕާޓްމަންޓެއްގެ ތެރެއިން ނިޔާވެފައި އޮތްވާ ފެނުނު މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ.

Wamco

ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަނޑޭރި ކޮށީގެ އެޕާޓްމަންޓެއްގައި ނިޔާވެފައި އޮއްވާ ފެނުނު މީހާ އަކީ ގދ ހޯނޑެއްދޫ, ވިލިނގިލީގެ ހައްމާދު ސައީދު ކަމަށެވެ. އެގޮތުން އޭނާއަކީ އުމުރުން 30 އަހަރުގެ މީހެއްކަންވެސް ފުލުހުން ވަނީ ހާމަކޮށްފައި އެވެ.

ފުލުހުން އިއްޔެ ވަނީ ހައްމާދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އިންޑިއާއަށް ފޮނުވާފައި އެވެ.

ހައްމާދުގެ ހަށިގަނޑު ފެނިފައިވަނީ، މިމަހުގެ 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރިކޮށި އެޕާޓްމަންޓެއް ބަލައި ފާސްކުރަމުންދަނިކޮށެވެ. ހައްމާދުގެ ހަށިގަނޑު ފެނުނު އެޕާޓްމެންޓަކީ މިވަގުތު އެއްވެސް ބަޔަކު ދިރިނޫޅޭ އަދި ބޭނުން ނުކުރާ އެޕާޓްމެންޓެއް ކަމަށް ޔަޤީން ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ ޚިދުމަތުންދަނީ މި މައްސަލަ އިތުރަށް ތަޙުޤީގުކުރަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside