logoEN
cocacola
ރޭވަން ބަލިކޮށް ވެލިދޫ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ރޭވަން ބަލިކޮށް ވެލިދޫ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން

logo

5/18/2024, 1:18:40 PM

# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު # ވެމްކޯ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕް 2024

ރޭވަން ސްޕޯޓްސް ކުލަބާއި ވެލިދޫ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

7 ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަން ގުރޫޕް ބީގައި މިއަދު ހަވީރު ރޭވަން ސްޕޯޓްސް ކުލަބާއި ވެލިދޫ ޔުނައިޓެޑް ވާދަކުރި މެޗު 17-37 ގެ ނަތީޖާއަކުން މޮޅުވެ ވެލިދޫ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މިމެޗަކީ ފުރަތަމަ ހުކުރު ދުވަހުގެ ހަވީރު ކުޅެން ތާވަލު ކުރެވިފައި އޮތް މެޗެކެވެ. ނަމަވެސް މެޗު ފެށުގެން 17 މިނެޓު ކުޅެވުނުތަނާ، ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަަބަބުން މެޗު ކުރިއަށް ގެންދެވޭގޮތް ނުވުމުން މިއަދަށް މިމެޗު ރީޝެޑިއުލް ކުރީއެވެ. އަދި މިމެޗު ފަށާފައިވަނީ އިއްޔެ މެޗު ނިންމާލި ހިސާބުންނެވެ. އޭރު 12-3 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވެލިދޫ އެވެ.

މިއަދު ކުޅެވުނު ފުރަތަމަ ހާފުގެ ބާކީއޮތް 12 މިނެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ރޭވަން އިން ހަތަރު ލަނޑު ކާމިޔާބުކުރިއިރު، ވެލިދޫއަށް ކާމިޔާބުކުރެވުނީ ދެލަނޑެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 19-7 ގެ ނަތީޖާއަކުން ވެލިދޫ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ރޭވަން ސްޕޯޓްސް ކުލަބުން 10 ލަނޑު ކާމިޔާބުކުރުއިރު، ވެލިދޫ ޔުނައިޓެޑުން ވަނީ އިތުރު 18 ލަނޑު ކާމިޔާބުކޮށްފައެވެ.

މިމެޗުގައި ވެލިދޫ ޔުނައިޓެޑުގެ މުހައްމަދު ޔަޝްމު އަހުމަދު ބާރަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަހުމަދު އުމޭސް ވެނީ އަށް ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ ރާއިދު ރަޝީދު އަދި އަހުމަދު ރައުލް އަސްއަދު މިއިން ކޮންމެ ކުޅުންތެރިއެއް ހަލަނޑު ކާމިޔާބުކުރިއިރު، އަބްދުﷲ ޒަހުވާން އިމްތިޔާޒު ތިން ލަނޑު އަދި ހުސެއިން ޝާރިފް އިމާދުގެ އިތުރުން މުހައްމަދު އައްފާން އާތިފް މިއިން ކޮންމެ ކުޅުންތެރިއަކުވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ރޭވަން ސްޕޯޓްސް ކުލަބުގެ ހުސެއިން އަފްޒަލް މުހައްމަދު އަދި މުހައްމަދު އަމްސާލު މިއިން ކޮންމެ ކުޅުންތެރިއެއް ތިންލަނޑު ކާމިީޔާބުކުރިއިރު، އެޓީމުގެ އާދަމް އާއިން މުހައްމަދު ޝާހިދު، އަހުމަދު އަލާއު ޒައިދީ އަދި އަބްދުﷲ ނައިސަމް ޖަލީލް މިއިން ކޮންމެ ކުޅުންތެރިއެއްވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެއިތުރުން އެޓީމުގެ ޔޫސުފް އާކިފް، މުހައްމަދު ދިނާން ފަޔާޒު، އިސްމާއިލއ އިނާން ހަމްޒާ، މޫސާ މިންހާލު ހާޝިމް އަދި އަލީ ޝާއިފް ޝާހީން މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލިދޫގެ މުހައްމަދު ޔަޝްމު އަހުމަދު އެވެ.

މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި 10 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭއިރު، ސެމީ ފައިނަލް ދެމެޗު ކުޅުމަށްތާވަލުކުރެވިފައި ވަނީ ޖޫން މަހުގެ ދެވަނަ ދުވަހުގެ ރޭ އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކުރެވިފައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ