
ޕްރެމިއާ ލީގުގެ މިސީޒަނުގެ މޮޅު ކުޅުންތެރިއާގެ އެވޯޑް ފޮޑެންއަށް
# އިނގިރޭސި ޕްރިމިއާ ލީގު# މެންޗެސްޓާރ ސިޓީ# ބޭރު ދުނިޔޭގެ ކުޅިވަރުފިލް ފޮޑެން..
އިގިރޭސި ޕްރެމިއާ ލީގުގެ މިސީޒަނުގެ މޮޅު ކުޅުންތެރިއާގެ މަގާމު މެންޗެސްޓާ ސިޓީގެ ޒުވާން މިޑްފިލްޑަރު ފިލް ފޮޑެެން ހޯދައިފިއެވެ.

އުމުރުން 23 އަހަރުގެ އިގިރޭސި މިޑްފިލްޑަރު ވަނީ ލީގުގައި ކުޅުނު 34 މެޗުގައި 17 ލަނޑު ކާމިޔާބުކުރުުގެ އިތުރުން އިތުރު އަށް ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. އަދި ލީގު ފަހު މެޗުގައި މަދަމާ ރޭ އަމިއްލަ ދަނޑުގައި ވެސްޓްހަމް އާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ ލީގު ޗެންޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް އެޓީމަށް ލިބިގެންދާނެއެވެ.
މިއީ މެންޗެސްޓާ ސިޓީގެ ކުޅުންތެރިއަކު މިމަގާމު ޖެހިޖެހިގެން ހޯދި ފަސްވަނަ ފަހަރެވެ. މީގެކުރިން އެޓީމުގެ ފޯވާޑް އެރްލިންގ ހަލާންޑް، ޑިފެންޑަރު ރުބެން ޑިއާޒް އަދި މިޑްފިލްޑަރު ކެވިން ޑެބްރޭނާ ވާނީ ދެފަހަރަށް މިއެވޯޑް ކާމިޔާބުކޮށްފައެވެ. އަދި ސިޓީގެ ކުޅުންތެރިއެއް ނޫން އެހެން ޓީމެއްގެ ކުޅުންތެރިއެއް އެންމެ ފަހުން މިއެވޯޑް ކާމިޔާބުކުރީ 2018/19 ވަނަ ސީޒަނުގައި ލިވަޕޫލުގެ ޑިފެންޑަރު ވެންޑައިކް އެވެ.
މިއަހަރުގެ އެވޯޑަށް ފޮޑެންގެ އިތުރުން ދެން ނޮމިނޭޓްވެފައި ވަނީ އެރްލިންގ ހަލާންޑް (މެންޗެސްޓާ ސިޓީ)، ކެވިން ޑިބްރޭނާ (މެންޗެސްޓާ ސިޓީ)، ކޯލް ޕަލްމާ (ޗެލްސީ)، ވަކަޔޯ ސަކާ (އާސެނަލް)، ޑެކްލަން ރައިސް (އާސެނަލް)، އެލެގްޒަންޑާ އިސާކް (ނިއުކާސަލް ޔުނައިޓެޑް)، މާޓިން އޮޑެގާޑް (އާސެނަލް) އެވެ.
ގުޅުންހުރި

ޗެލްސީ ބަލިކޮށް ނިއުކާސަލް އިން ޗެންޕިއަން ލީގުގެ ފުރުސަތު ބޮޑުކޮށްފި

އެންޓޮނީގެ މޮޅު ކުޅުމާއެކު ރެއާލް ބެޓިސް ޔުއެފާ ކޮންފަރެންސް ލީގު ފައިނަލުން ޖާގަ ހޯދައިފި

ފަސޭހަކަމާއެކު ބިލްބާއޯ ބަލިކޮށް ޔުނައިޓެޑް ފައިނަލުން ޖާގަ ހޯދައިފި
