
ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރަނީ
# ސަރުކާރު ސްކޫލްތައް# އެޑިއުކޭޝަން މިނިސްޓަރއެޑިއުކޭޝަން މިނިސްޓަރ އިސްމާއީލް ޝަފީޢު --
ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ, ދިރާސީ އައުއަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ގިނަ ޕްރޮޖެކްތަކެއް ރޭވިފައިވާ ކަމަށެވެ.
އެގޮތުން އެންމެ އިސަކަންދޭނެ ކަންތައްތައް މިނިސްޓަރ ވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން މިނިސްޓަރ ވިދާޅުވީ, ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓެއް ފެށުން ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން 2 އަހަރުތެރޭގައި ކޮމިއުނިޓީގެ އެހީތެރިކަމަކާއެކު ސަރުކާރިގެ ހުރިހާ ސްކޫލެއް އެސީކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މި މޭ މަހުގެ ފަހު ހަފްތާގައި އިފްތިތާހުކުރާނަން" - މިނިސްޓަރ ޝަފީއު ވިދާޅުވި އެވެ.
މީގެ އިތުރުންވެސް މުދައްރިސުން ތަމްރީންކުރުމުގެ ގައުމީ ޕްރޮގްރާމް ފެށުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މި ޕްރޮގްރާމާއެކު މުދައްރިސުންނަކީ ގަދަރުވެރި ބައެއް ކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފެށި, ސްކޫލްތަކުގައި މުދައްރިސުން ހޭދަކުރާވަގުތު މަދުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ގުޅުންހުރި

ޖީ.ޕީ.އީގެ ބޯޑް އޮފް ޑިރެކްޓަރސްގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
.webp&w=3840&q=75)
މުދައްރިސުންނަށްވުރެ ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ - ޝަފީއު

ތަޢުލީމުގައި ވާދަވެރިކަމުގެ ބަދަލުގައި އެކުވެރިކަމާއި އެއްބާރުލުން އިސްކުރޭ - ޝަފީއު
