
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 6 މީހަކު ހައްޔަރުކޮށްފި
# މަސްތުވާތަކެތީގެ މައްސަލަމަސްތުވާތަކެތި
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން މާލޭގައި ހިނގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މެއި 9 ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި 21 އަހަރާއި 37 އަހަރާ ދެމެދުގެ 6 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
އެ އޮޕަރޭޝަނުގައި، އެ މީހުން ތިބި އެޕާޓްމަންޓު، ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 37 ރަބަރު ޕެކެޓު އަދި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ހަތްދުވަހަށް، ތިންމީހުން 10 ދުވަހަށް އަދި އެކަކު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ދޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި އިނގުރައިދޫން ބަޔަކު ހައްޔަރުކޮށްފި
