logoEN
cocacola
މިނިސްޓަރ ޒަމީރު ގަތަރުގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވައިފި

މިނިސްޓަރ ޒަމީރު ގަތަރުގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

5/12/2024, 8:53:57 AM

# ފޮރިން މިނިސްޓްރީ

މިނިސްޓަރ މޫސާ ޒަމީރު ގަތަރުގެ ބޮޑު ވަޒީރާއި ބައްދަލުކުރެއްވުން

ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، ޤަތަރުގެ ބޮޑުވަޒީރާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އައްޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ގޮސިޔާ

މި ބައްދަލުކުރެއްވުން އޮތީ މިހާރު ފޮރިން މިނިސްޓަރ ގަތަރަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެރެއިން ގަތަރުގެ ބޮޑުވަޒީރުގެ ރަސްމީ އޮފީހުގައި އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޤަތަރުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ޤަތަރުން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށްޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެވަޒީރުން ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން މިނިސްޓަރު ޒަމީރު ވަނީ ޣައްޒާގެ މައްސަލައިގައި މެދުވެރިކުރުވުމުގެ މަރުހަލާގައި ގަތަރުން އަދާކުރާ ދައުރަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެވަޒީރުން ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ ގޮތުން ކަންބޮޑުވާ ކަންކަމުގައި މަލްޓިލޭޓަރަލް ދާއިރާގައި ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑޮކްޓަރ ހާލާ ހަމީދާއި، އެމްބެސެޑަރ އެޓް ލާޖް ޑރ.ފަޒީލް ނަޖީބުގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރ ލަމްހާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ