logoEN
cocacola
ފުނަދުއާއި އިހަވަންދިއްޕޮޅުގައި އެސްއީޒެޑް ތަރައްގީކޮށް ހިންގަން ދުބާއީގެ "އިފްޒާ" އާއި ހަވާލުކޮށްފި

ފުނަދުއާއި އިހަވަންދިއްޕޮޅުގައި އެސްއީޒެޑް ތަރައްގީކޮށް ހިންގަން ދުބާއީގެ "އިފްޒާ" އާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

5/12/2024, 7:53:32 AM

# އެކޮނޮމިކް މިނިސްޓްރީ

އިފްޒާއާއި އެކު ދިވެހި ސަރުކާރުން ސޮއިކުރުން

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އަދި ކ. ފުނަދޫގައި ގާއިމް ކުރަން ނިންމާފައިވާ ސްޕެޝަން އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސް ޒޯނު ރައްގީކޮށް ހިންގަން ދުބާއީގެ ކުންފުންޏެއް ކަމަށްވާ އިންޓަނޭޝަނަލް ފުރީ ޒޯން އޮތޯރިޓީ (އިފްޒާ) އާއި ހަވާލުކޮށްފި އެވެ.

ގޮސިޔާ

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން އެކޮނޮމިކް މިނިސްޓްރީ އާއި ިއފްޒާއާއި ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައި އެވެ. މި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އެވެ. އަދި އިފްޒާގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން މާޓިން ޕީޑަސަން އެވެ.

މިއަދު ސޮއިކުރެވުނު އެމްއޯޔޫއަކީ މި މަސައްކަތާއި ހަވާލުވުމުގެ ކުރިން އެކުންފުނިން ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ވެވުނު އެމްއޯޔޫއެކެވެ. އެކޮނޮމިކް މިނިސްޓްރީ އިން ބުނާގޮތުގައި ކުރިޔަށް އޮތް 4 މަސް ދުވަސް ނުވަތަ 5 މަސް ދުވަސް ތެރޭގައި އިފްޒާއާއެކު ފައިނަލް އެއްބަސްވުމަކަށް އާދެވި، އެއްބަސްވުމުގެ ތެރެއިން ދެ އެސްއީޒެޑު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށިގެން ދާނެ އެވެ.

މިއަދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އިފްޒާއިން ތަރައްޤީކުރަން ހަމަޖެހިފައިވަނީ އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އަދި ކ. ފުނަދޫގައި ގާއިމް ކުރަން ނިންމާފައިވާ ސްޕެޝަން އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސް ޒޯނެވެ. މި ބޮޑު މަޝްރޫއުއަށް ބޭނުންވާ ފައިސާ އިންވެސްޓު ކުރަންވެސް ހަމަޖެހިފައިވަނީ އެކުންފުނިންނެވެ. މީގެ އިތުރުން އެތަންތަން ހިންގައި ކުރިއެރުވުމަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން ވެސް އިފްޒާ އިން ފޯރުކޮށްދޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ އަކީ ކަމުގެ ފަންނު ލިބިފައިވާ ކުންފުންޏެއް ކަމަށާއި އެ މަސައްކަތް ގާތުން ފެނިވަޑައިގެންނެވި ކަމަށެވެ. އެގޮތުން އެކުންފުންޏަކީ މެދުއިރުމަތީގައި ވެސް އިންވެސްޓަރުން ހޯދުމުގެ މަސައްކަތުގައި އެއީ ފާހަގަ ކުރެވޭ ކުންފުންޏެއްކަން ސައީދު ފާހަގަކުރެއްވި އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިފްޒާގެ ޗެއާމަން މާޓީން ވިދާޅުވީ މި ޕްރޮޖެކްޓާ އެކު ދިގު މުއްދަތުގައި ރާއްޖެ އަށް ފައިދާވާނެހެން ދިވެހިންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފަހިވާނެ ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލަކީ އާއި ވަސީލަތްތަކާ އެކު ގާއިމް ކުރާ ސްޕެޝަން އިކޮނޮމިކް އެންޑް ފްރީ ޒޯނުތަކާ އެކު ރާއްޖެ އަށް ކުރިއެރުމާއި ތަރައްގީ އަންނާނެ ކަމަށާއި މި މަޝްރޫއުތައް ކުރިއަށް ގެންދާނީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ އަށް ހުރިހާ ގޮތަކުން ވެސް ފައިދާވާނެ ހެން ކަމަށް މާޓިން ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ