logoEN
cocacola
އޭޝިއާ ޕެސިފިކް ބްލޫ އެކޮނޮމީ ފޯރަމް މާދަމާ ރާއްޖޭގައި ފަށަނީ

އޭޝިއާ ޕެސިފިކް ބްލޫ އެކޮނޮމީ ފޯރަމް މާދަމާ ރާއްޖޭގައި ފަށަނީ

އަހުމަދު ޝުރާއު

logo

5/12/2024, 7:06:33 AM

# އެކޮނޮމިކް މިނިސްޓްރީ

ބްލޫ އެކޮނޮމީ ފޯރަމް

ޔޫއެންޑީޕީއިން އިސްނަގައިގެން ބާއްވާ އޭޝިއާ ޕެސިފިކް ބްލޫ އެކޮނޮމީ ފޯރަމް މާދަމާ ރާއްޖޭގައި ފެށުމަށް ނިންމައިފި އެވެ.

ގޮސިޔާ

އޭޝިއާ ޕެސިފިކް އިކޮނޮމީ ބްލޫ ފޯރަމް ރާއްޖޭގައި ބާއްވަނީ އިކޮނޮމިކް މިނިސްޓްރީއާއި ޔޫއެންޑީޕީގެ ކްލައިމެޓް ފައިނޭންސް ނެޓްވޯކުގެ އިތުރުން އިނގިރޭސިވިލާތުގެ ފޮރިން ކޮމަންވެލްތު އެންޑް ޑިވަލޮޕްމެންޓް އޮފީސް ގުޅިގެންނެވެ.

މި ފޯރަމްއަކީ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށްގެން ވަޒީފާ އުފެއްދުމާއި ދިރިއުޅުން ރަނގަޅުކުރުމާއި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް އިގުތިސާދީ ކުރިއެރުމަށް އެހީތެރިވުމަށް ކުރިއަށް ގެންދާ މުހިއްމު ފޯރަމެކެވެ.

View post on Twitter

މި ފޯރަމާއި ގުޅޭގޮތުން އެކްސްގައި މިނިސްޓަރ ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފޯރަމް ރާއްޖޭގައި ކޯ ހޯސްޓު ކުރަން ލިބުމުން އެކަމާ މެދު ފަހުރުވެވަޑައިގެންނަވާ ކަމަށެވެ. އަދި ކްލައިމެޓް ފައިނޭންސް ނެޓްވޯކް (ސީއެފްއެން) ގެ ގައުމުތަކުން އިސްވެރިން އެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވާ އެކަމަށްޓަކައި މިނިސްޓަރު ވަނީ މަރުހަބާ ވިދާޅުވެފައެެވެ.

މިނިސްޔަރ އިތުރަށް ވިދާޅުވީ އެ ފޯރަމްގައި ރާއްޖެއަށް ސީދާގޮތުން އަސަރުކުރާނެ މުހިއްމު ނިންމުންތަކެއް ނިންމަވާނެ ކަމަށެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ފޯރަމް ބާއްވަން ނިންމާފައިވާ ވަކި ތަނެއް އެކޮނޮމިކް މިނިސްޓްރީއިން ހާމައެއް ނުކުރެއެވެ. މި ފޯރަމްގައި ޖުމުލަ 12 ގައުމަކުން 100 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ