logoEN
cocacola
 ފޮރެސްޓު އަތުން މޮޅުވެ ޗެލްސީން ޔުރޮޕާ ލީގުގެ އުންމީދު ދަމަހައްޓައިފި

ފޮރެސްޓު އަތުން މޮޅުވެ ޗެލްސީން ޔުރޮޕާ ލީގުގެ އުންމީދު ދަމަހައްޓައިފި

ހަސަން ޝަމްއޫން

logo

5/12/2024, 12:30:00 AM

# ނޮޓިންހަމް ފޮރެސްޓް # ޗެލްސީ# އިނގިރޭސި ޕްރެމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު

ފޮރެސްޓާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން މޮޓިންހަމް ފޮރެސްޓް އަތުން މޮޅުވެ ޗެލްސީ އިން ލީގު ތާވަލުގެ ހަވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި ޕޮއިންޓްގެ ގޮތުން އަރައި ހަމަކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޗެލްސީ އިންނެވެ. މިލަނޑު މެޗު ފެށިގެން އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޔުކްރެއިން ފޯވާޑް މުޑްރިކް އެވެ. މިއީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ކޯލއ ޕަލްމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު ފޮރެސްޓްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ބާރި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް އޭގެ އަށް މިނެޓުފަހުން ފޮރެސްޓުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އައިވަރީކޯސްޓް ޑިފެންޑަރު ވިލީ ބޯލީ އެވެ. މިއީ ޗެލްސީގެ ޕެނަލްޓީ އޭރިއާ ބޭރުން އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި އެޓީމުގެ އިގިރޭސި މިޑްފީލްޑަރު މޯގަން ގިބްސް ވައިޓް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ފޮރެސްޓުން މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ކަލުމް ހަޑްސަން އޮޑޯއީ އެވެ. މިއީ އެޓީމުގެ މިޑްފީލްޑަރު މޯގަން ގިބްސް ވައިޓް ތަނަވަސްކޮށްދިން ފުރުސަތެއްފައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޗެލްސީ އިން ނަތީޖާ އެއްޗަރުކުރި ލަނޑު ފަހުހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ތަޖުރިބާކާރު ފޯވާޑް ރަހީމް ސްޓާލިން އެވެ. އަދި އޭގެ ދެމިނެޓު ފަހުން އެޓިމަށް ލީޑު ހޯދައިދިނީ އެޓީމުގެ ފޯވާޑް ނިކޮލަސް،ޖެކްސަން އެވެ. މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރުއެއްގެ ގޮތުގައި ކުޅެން ނުކުތް އެޓީމުގެ ކެޕްޓަން ރީސް ޖޭމްސް އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 33 މެޗުގައި ޖެކްސަން ކާމިޔާބުކުރި 14 ވަނަ ލަނޑެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 36 މެޗުން ޗެލްސީއަށް 57 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތްވަނައިގައެވެ. އަދި މިމެޗުން ބަލިވި ފޮރެސްޓަށް 37 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 17 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ