.jpeg&w=3840&q=75)
ވަލީއަހުދު މުހައްމަދު ބިން ސަލްމާން
ސައުދި އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރަސްމީީ ދަތުރުފުޅެއްގައި ޖަޕާނަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ޖަޕާން ސަރުކާރުން ބުނީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިމަހުގެ 20 އިން 23 އަށް އެގައުމަށް ރަސްމީ ޒިޔާރާތެއްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ވަލީއަހުދު ޖަޕާނަށް ކުރައްވާ ދަތުރުފުޅުގައި އެމްޕެރަރ ނަރުހީޓޯ އާއި ބޮޑުވަޒީރު ފުމިއޯ ކިޝިދާއާ ބައްދަލުކުރައްވާނެ ކަމަށް ޖަޕާން ސަރުޚާރުން ބުނެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޑި-ފެކްޓޯ ލީޑަރު މުހައްމަދު ޖަޕާނަށް ކުރައްވާ މި ދަތުރުފުޅަކީ 2019 ވަނަ އަހަރަށްފަހު އެމަނިކުފާނު ޖަޕާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ވަލީއަހުދުގެ މި ދަތުރުފުޅުގައި ސައުދީ އާއި ޖަޕާނާއި ދެމެދު ވިޔާފާރީގެ ގުޅުންތައް ބަދަހިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޚާއްސަކޮށް ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުންތައް ބަދަހިކުރާނެ ކަމަށް ބެލެވެއެވެ.