
އޮޕަރޭޝަން ކުރަނގި
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން ސަރުކާރުން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ދާދި އަވަހަށް ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި ފެށިގެން ދާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ކުރަނގި އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ އޮޕަރޭޝަން ”ކުރަނގި“މިވަގުތު ހިނގަމުންދަނީ ކ. ހިންމަފުށީގައި ކަމަށާއި މިހާތަނަށް އެރަށުގައި މަސައްކަތް ކުރަމުނދާ 532 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ (10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަން ހެދޭވަރު ފޮޓޯ) ވަނީ ނެގި ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑްކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ދާދި އަވަހަށް ރާއްޖަެގެ ފަސް ސަރަހައްދެއްގައި އެއްފަހަރާ މި މަސައްކަތް ފެށޭނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަރަހައްދުތަކެއްގައި ކަމެއް މިނިސްޓަރ ހާމައެއްނުކުރައްވައެވެ.
"އޮޕަރޭޝަން ކުރަނގި" ފެށުމަށް މިމަހުގެ ކުރީ ކޮޅު ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެކި މައްސަލަތަކުގެ ސަބަބުން އެހެން ކުންފުންޏަކަށް ބިދޭސީ މީހާ ބަދަލުވުމަކީވެސް ގަވާއިދާ ޚިލާފުވުން ކަމަށެވެ. އެގޮތަށް މިހާރު ބަދަލުވެފައިވާ ފަރާތްތަކަށް ފުރަތަމަ މަރުހަލާގެ ތެރެއިންވެސް ނިޒާމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ގަވާއިދުތައް ހުރިގޮތުން ބިދޭސީންގެ ސްޕޮންސަރުން ބަދަލުކުރުމަށް އުނދަގޫތަކާ ދިމާވެ، ގަވާއިދާ ޚިލާފަށް އަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާ މަޝްރޫއުތަކާއެކު ރައްޖެއަށް އަންސްކިލްޑް ލޭބަރުން ބޭނުންވާނެކަން ފާހަގަކުރައްވަމުން އިޙްސާން ވިދާޅުވީ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުން ކަމަށެވެ.
ގުޅުންހުރި

އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 151،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިއްޖެ
.webp&w=3840&q=75)
އެއް ލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި: މެއި މަހުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރަން ފަށަނީ!
.webp&w=3840&q=75)
އޮޕަރޭޝަން ކުރަނގި 13 ރިސޯޓަކަށް!
