logoEN
WAMCO TOP 1
ވާނުވާ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ދަނީ ފެންނަމުން: ވަޒީރު

ވާނުވާ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ދަނީ ފެންނަމުން: ވަޒީރު

# އަލީ އިހުސާން

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން --

ވާނުވާ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ވާނުވާ ބަންދުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ވާނުވާ ބަންދަކީ، ތަޙުގީގު ކުރިއަށްދާއިރު، މީހާގެ ފަރާތުން މުޖުތަމަޢަށް ލިބިދާނެ ގެއްލުމަކަށާއި، ހެއްކަށް ނުފޫޒު ފޯރުވުމާއި އަދ ތަޙުޤީހަށް ފިލާފާނެތީ ބަހައްޓާ ބެހެއްޓުމެކެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ވާނުވާ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި ޚާއްސަކޮށް ކްރިމިނަލް ކޯޓުގައި ހުއްޓިފައި ހުރި މައްސަލަތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން، ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަޢާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުންވެސް ވަނީ މިދިޔަ އަހަރުގެ މޭ މަހުގެ 21 ވަނަ ދުވަހު ހާމަކުރައްވާފައެވެ.

ވާނުވާ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅަކަށްވާ އިރު އެކި މައްސަލަތަކުގެ ތަޙުޤީޤަށް ހައްޔަރުކޮށް، "ވާނުވާ ބަންދު"ގައި ތިބި މީހުންގެ ތެރެއިން މަދުވެގެން 3 ބައިކުޅަ 1 ބައި މީހުންނަކީ ޓެގް އަޅުވާފައި ދޫކޮށްލެވިދާނެ ބައެއްތޯ ބެލުމަށް، ގުޅުންހުރި އިދާރާތަތަކާއި ހަވާލުކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

"ވާނުވާ" ނުވަތަ ރިމާންޑް ބަންދުގައި ތިބީ ޖުމުލަ 408 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެރެރިޒަމްގެ ދަޢުވާކޮށްފައިވާ 20 މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުޙުމަތުގައި ދަޢުވާކޮށްފައިވާ 117 މީހުންނާއި ގިނަ އަދަދެއްގެ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ދަޢުވާކޮށްފައިވާ 116 މީހުންނާއި މަރުގެ މައްސަލަތަކުގައި ދަޢުވާކޮށްފައިވާ 29 މީހުންނާއި އެހެނިހެން އަނިޔާވެރި ބޮޑެތި މައްސަލަތަކުގައި ދަޢުވާކޮށްފައިވާ 126 މީހުންނެވެ.

ކޮމެންޓް
ފަހުގެ
HDC