logoEN
cocacola
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގެންފި

އަހުމަދު ޝުރާއު

logo

5/5/2024, 6:04:20 PM

# ރައީސް މުއިއްޒު

ރައީސްގެ ދެކަނބަލުން

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

ގޮސިޔާ

ރައީސް މުއިއްޒު ވަޑައިގެންނެވީ ސިންގަޕޫރަށެވެ. އެގޮތުން ރައީސްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރެއެވެ.

ރައީސް އޮފީހުން މިރޭ ބުނީ ރައީސްއާއި ފަސްޓްލޭޑީ ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ އެނބުރި ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.

މިއީ ރައީސްގެ ނުރަސްމީ ދަތުރުފުޅެއްކަމުން މި ދަތުރުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ