logoEN
cocacola
ޒުވާން މެމްބަރު އަލްސަން ރައީސްއަށް: ތިނަދޫގެެ ތަރައްގީއަށް ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ދޭނަން!

ޒުވާން މެމްބަރު އަލްސަން ރައީސްއަށް: ތިނަދޫގެެ ތަރައްގީއަށް ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ދޭނަން!

އަހުމަދު ޝުރާއު

logo

5/17/2024, 5:45:57 AM

# މެމްބަރު އަލްސަން# ރައީސް މުއިއްޒު

އަލްސަން ރައީސް އާއި ބައްދަލުކުރެއްވުން

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ތިނަދޫ ސިޓީގެ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރެއްވި މުހައްމަދު އަލްސަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި ބައްދަލުކުރައްވައިފި އެވެ.

ގޮސިޔާ

އިންތިހާބީ މެމްބަރު އަލްސަން އާއި ރައީސް މުއިއްޒު ބައްދަލުކުރެއްވީ އިއްޔެގެ ވަގުތެއްގައި ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައި އެވެ..

ބައްދަލުވުމަށްފަހު އެކްސްގައި އަލްސަން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިނަދޫގެ ތަރައްގީގެ ކަންކަމާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި މި ބައްދަލުވުމުގައި ތިނަދޫއަށް އަދަށް ވުރެން ފަހި މާދަމާއެއް ހޯދުމަށް ރައްޔިތުން އޭނާ އަށް ކުރެއްވި އިތުބާރު ނަގަހައްޓައި، ރައްޔިތުން އެދޭ ބަދަލު ދާއިރާއަށް ގެނައުމަށްޓަކައި އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ވިދާޅުވިކަމަށް އަލްސަން ވިދާޅުވިއެވެ.

View post on Twitter

އަލްސަން ވެގެން ގޮސްފައިވަނީ މަލްޓިޕާޓީ ޑިމޮކްރެސީ ރާއްޖެއަށް ވުޖޫދުވިފަހުން ސިޔާސީ ގޮތުން އެންމެ ވަރުގަދަ އެއް ރަށްކަމަށްވާ ތިނަދޫގެ ދާއިރާއަކަށް އަމިއްލަ ގޮތުން އިންތިހާބުވި ފުރަތަމަ މެމްބަރަަށެވެ. މީގެ އިތުރުން އަލްސަން ވެގެން ގޮސްފައިވަނީ 20 ވަނަ މަޖިލީހަށް އިންތިހާބުވި އެންމެ ޒުވާން މެމްބަރަށެވެ.

މަޖިލީސް އިންތިހާބުގެ ކެމްޕެއިންގައި ވެސް އަލްސަން ވަނީ ތިނަދޫ ސިޓީގެ ތަރައްޤީއަށް ސަރުކާރަށް ދޭންޖެހޭ ކޮންމެ އެއްބާރުލުމެއް ދެއްވާނެ ކަމަށް ވިދާޅުވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ