logoEN
cocacola
މާލެ އިންޑަސްޓްރިއަލް ސަރަޙައްދުގައި ގޭޓްތަކެއް ހަރުކޮށް، ވަދެ ނުކުތުން ކޮންޓްރޯލްކުރަން ސެކިއުރިޓީން ބައިތިއްބަނީ

މާލެ އިންޑަސްޓްރިއަލް ސަރަޙައްދުގައި ގޭޓްތަކެއް ހަރުކޮށް، ވަދެ ނުކުތުން ކޮންޓްރޯލްކުރަން ސެކިއުރިޓީން ބައިތިއްބަނީ

# Male' City Council# Male' Industrial village# Male' City

މާލެ ސިނާޢީ ސަރަޙައްދު، އެ ސަރަޙައްދު ވަނީ ކުންޏާއި ވެހިކަލުތަކުން ފުރިފައި. --- ފޮޓޯ/ ރާއްޖެ އެމްވީ

މާލެ ސިނާޢީ ސަރަޙައްދު ނުވަތަ އިންޑަސްޓްރިއަލް ވިލެޖުގައި ވަދެ ނުކުތުމަށް ޚާއްސަ ގޭޓްތަކެއް ހަރުކޮށް، ސެކިއުރިޓީން ބައިތިއްބަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޢާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މާލެ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ސިނާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން "ގާފު އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު ވިދާޅުވީ، އިންޑަސްޓްރިއަލް ޒޯން ސާފުކޮށް ނިންމުމަށްފަހު އެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ސަރަޙައްދަށް ވަދެ ނުކުމެ ހެދުމަށް ގޭޓުތަކެއް ހަރުކޮށް، ވަދެ ނުކުތުން ކޮންޓްރޯލް ކުރަން ސެކިއުރިޓީން ބައިތިއްބަން ނިންމާފައިވާ ކަމަށާއި، އޭގެ ފަހުން އެ ސަރަޙައްދަށް ވަދެވޭނީ ޗެކްކުރެވިގެން ކަމުގައި އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރަނީ ބައެއް ވުޒާރާތަކާއި، ފުލުހުން، ޕޯޓްސް އަދި ވެމްކޯ ގުޅިގެންނެވެ. އަދި އެ ފިޔަވަޅުތައް އެޅުމުގެ ބޭނުމަކީ އެ ސަރަޙައްދު ސާފުކޮށް ބޭއްވުން ކަމަށް އާޒިމް ވިދާޅުވިއެވެ.

މިހާރު ވެސް ކުނިން ފުރިފައި އޮތް ސިނާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަ ކުރައްވަމުން ޢާޒިމް ވިދާޅުވީ، މާލެ ސަރަޙައްދަކީ ސާފު ސަރަޙައްދަށް ހެދުމަށް އެންމެ މުހިންމު ކަމަކީ ޤާނޫނުތައް ތަންފީޒުކުރުން ކަމަށްވާއިރު، އެކަން ކުރުމަށް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތްތައް އިތުރުކޮށް، ޤާނޫނީ ގޮތުން ތަންފީޒުކުރަން ޖެހޭ ކަންކަން ފުލުހުންނާއި އަދި އެ ނޫން އިދާރާތަކާ ގުޅިގެން ކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެ ސިނާޢީ ސަރަޙައްދުގައި ގޭޓުތަކެއް ހަރުކޮށް، ވަދެ ނުކުތުން ކޮންޓްރޯލް ކުރާނެ ސެކިއުރިޓީން ބައިތިއްބަން ނިންމާފައިވަނީ އެ ސަރަޙައްދު ވަރަށް ބޮޑަށް ގޮނޑުވެ، ސާފުކުރަން ފެށުމާ ދިމާކޮށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ