
އިންތިހާބެއްގެ ތެރެއިން
ހަ ރަށެއްގެ ކައުންސިލެއްގެ މަގާމުތަކަށް ކައުންސިލަރުން އިންތިޙާބުކުރުމުގެ ބައި އިލެކްޝަނެއްގެ ވޯޓުލުން ފަށައިފިއެވެ.

އެގޮތުން މިއަދު ކުރިއަށްދާ ކައުންސިލް ބައި-އިންތިހާބުތަކަކީ މ. މަޑުއްވަރި ކައުންސިލުގެ ރައީސު ހޮވުމަށް ބޭއްވޭ އިންތިހާބާއި، ނ. ލަންދޫ، ނ. ވެލިދޫ އަދި ހއ. އުތީމުގެ ކައުންސިލް މެންބަރެއް ހޮވުމަށް ބޭއްވޭ އިންތިހާބުގެ އިތުރުން، ރ. އިންނަމާދޫ އަދި ހއ. ތަކަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުތަކެކެވެ.
މި އިންތިހާބުތަކުގައި 5،267 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މި އިންތިހާބުތަކުގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި އިންތިހާބުތަކުގައި ވޯޓު ލުމަށް ޖުމްލަ 11 ފޮށްޓެއް ވަނީ ބަހައްޓާފައެވެ. އޭގެ ތެރެއިން ތިން ފޮށްޓެއް އިންތިޙާބީ މަރުކަޒުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރާ ދަރުބާރުގޭގައި ހުރިއިރި، ތިން ފޮށްޓެއް ނ. ވެލިދޫގައި ވެސް ވަނީ ބަހައްޓާފައެވެ.
އަދި އުތީމު، ލަންދޫ، ތަކަންދޫ، މަޑުއްވާރީ އަދި އިންނަމާދޫގައި ކޮންމެ ރަށެއްގައި އެއް ފޮށްޓެއް ބަހައްޓާފައިވެއެވެ.
ގުޅުންހުރި

ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 779 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަނުން ހާމަކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ނިންމައިފި

އިންތިޚާބީ ނިޒާމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ހިންގި ޕްރޮގްރާމު ނިންމާލައިފި





