logoEN
cocacola
ލޯބިވެރިޔާ ގާތަށް ލޯންޗެއްގައި އެކަނި ދިއްގަރުން މާލެ އައި ކުއްޖާ އާއިލާއާ ހަވާލުކޮށްފި

ލޯބިވެރިޔާ ގާތަށް ލޯންޗެއްގައި އެކަނި ދިއްގަރުން މާލެ އައި ކުއްޖާ އާއިލާއާ ހަވާލުކޮށްފި

# މ. ދިއްގަރު# ފުލުހުން

14 އަހަރުގެ ކުއްޖާ ދިއްގަރުން މާލެ އައި ލޯންޗު

މ. ދިއްގަރުން ލޯންޗެއްގައި އެކަނި މާލެ އައި 14 އަހަރުގެ ފިރިހެންކުއްޖާ، އެ ކުއްޖާގެ އާއިލާއާ ހަވާލުކޮށްފިއެވެ.

ގޮސިޔާ

އެ ކުއްޖާ، އެކަނި ލޯންޗެއްގައި މާލެ އައިސްފައިވަނީ އޭނާގެ ލޯބިވެރިޔާ ގާތަށެވެ. އެގޮތުން އެ ކުއްޖާ ދިއްގަރުން ނެގި ލޯންޗަކީ އެ އަތޮޅު ސިނަމަން ހަކުރާ ރިސޯޓުގެ ލޯންޗެކެވެ. އެ ލޯންޗު ވަގަށް ނަގައިގެން އެ ކުއްޖަކު ހުޅުމާލެ އައީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެކަމާ ގުޅިގެން ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދިއްގަރުން ލޯންޗެއް ގެއްލިގެން ފުލުހުން ރިޕޯޓު ކުރި ކަމަށާއި، އެ ލޯންޗު ހުޅުމާލެ އެމްޓީސީސީ ފެރީ ޓާމިނަލް ކައިރި ފަޅުގައި އޮއްވާ ފެނިފައިވާ ކަމަށެވެ. އަދި އެ ލޯންޗުން މާލެ އައިސްފައިވަނީ 14 އަހަރުގެ ކުއްޖެއްކަން މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށާއި، އެ ކުއްޖާ މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، އެ ކުއްޖާގެ ލޯބިވެރިޔާ ކަމަށް ބެލެވޭ 13 އަހަރުގެ އަންހެން ކުއްޖާ ވެސް މިހާރު ވަނީ ފެނިފައެވެ. އެ މައްސަލައިގައި ފުލުހުން ބުނޫ، ހުޅުމާލެ ފޭސް ދޭކުން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ބުދަ ދުވަހު ފުލުހުންނަށް ރިޕޯޓު ކުރި ކަމަށާއި، މިހާރު އެ ކުއްޖާ ފެނިފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ޙާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ