
ހުޅުމާލޭގައި ކާރެއްގައި ރޯވުން
ހުޅުމާލޭގައި ދުއްވަމުން ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.

ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުގެ ސަލާހުއްދީން ސްކޫލް ހުންނަ މަގުން ދުއްވާފައި ދިޔަ ކާރެއްގައި އެވެ.
އެގޮތުން އާންމުން ވެގެން ކާރުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ނަމަވެސް މި ހާދިސާއާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންނާއި ސިފައިންގެ ބަހެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާގެ ވީޑިއޯއެއް މިހާރު މީސް މިޑިއާގައި އަންނަނީ ދައުރުވަމުންނެވެ.