
“މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ” އާއި ގުޅޭގޮތުން މަޝްވަރާކޮށްފި
# ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ# ޔޫތް މިނިސްޓްރީމިއަދު ކުރިޔަށް ދިޔަ ބައްދަލުވުން
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ “މަދަނީ މަޖްޢިއްޔާތަކުގެ މަހާސިންތާ” އަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން އެވުޒާރާ އެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން އޮތީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާަގައި އެވެ.
މި ވުޒާރާގެ ފަރާތުން މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ދިވެހި ބަހާއިސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އިތުރުން ވުޒާރާގެ ސްޓޭޓްމިނިސްޓަރުންނާއި ވަޒީރުގެ ނާއިބުން ހިމެނިވަޑައިގަންނަވައެވެ.
މި ބައްދަލުކުރެއްވުމުގައި ޒުވާނުންގެވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވިއެވުޒާރާގެ ޖަމްޢިއްޔާތަކުގެ ރެޖިސްޓްރާ ޢަލީ ޝަކީލް ޙިއްސާ ކުރެއްވި ގޮތުގައި، މިމަހާސިންތާއަކީ މަދަނީ ޖަމްޢިއްޔާތައް ހިންގުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ،ހަރުދަނާ މަދަނީ މުޖުތަމައެއް ބިނާކޮށް ޖަމްޢިއްޔާތަކަށް ފަހި ވެށްޓެއް ޤާއިމްކުރުމަށްބޭނުންވާ ކަންކަން ދެނެގަތުމާއި، ޤައުމީ ތަރައްޤީއަށް ވާސިލުވުމަށް ވަކި ވަކިރަށްރަށާއި، އަތޮޅު ފެންވަރުގައި ހުރި އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށްކުރެވޭ މަސައްކަތްތަކުގައި އަމިއްލަ ޖަމްޢިއްޔާތަކުން އަދާކުރާ ދައުރާ ގުޅޭ ގޮތުންހޭލުންތެރިކަން އިތުރުކޮށް، ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމުގެގޮތުން ރޭވިގެން ކުރިއަށް ގެންދާ މަހާސިންތާއެކެވެ.
މި މަސައްކަތުގެ ތެރޭގައި މިޖަމްޢިއްޔާތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް ލިބޭކަމަށް ރެޖިސްޓްރާ ވަނީ ފާހަގަކުރައްވައިފައެވެ.
މި މަހާސިންތާގެ ފުރަތަމަ ބުރު ގއ އަތޮޅުގައި ކުރިއަށް ގެންދެވުމަށްނިންމަވާފައިވާ ކަމުގައި ރެޖިސްޓްރާ ވަނީ ފާހަގަކުރައްވައިފައެވެ. މިމަހުގެ 20 އިން 22 އަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މަހާސިންތާއަށް މި ވުޒާރާއަށް ވަނީ ދަޢުވަތުއަރުވާފައެވެ. މި ދަޢުވަތު ޤަބޫލުފުޅު ކުރައްވައި ބަހާ ބެހޭ ވަޒީރު ވަނީ މި މަހާސިންތާރޭއްވެވި ކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފަށްޓަވާފައިވާ ދިވެހި ޤައުމިއްޔަތުއިޢާދަކުރުމުގެ މަޝްރޫޢު ގިނަ ބަޔަކަށް ތަޢާރަފުކޮށް އެ މަސައްކަތަށްއަހުލުވެރިކުރުވުމަށް މި އިދާރާއަށް ވެސް ލިބިގެންދާ ފުރުސަތެއް ކަމުގައި ވަޒީރު ވަނީފާހަގަކުރައްވައިފައެވެ.
ގުޅުންހުރި

އަޟްޙާ ޢީދަށް ޚާއްޞަކޮށް ހިންގޭ ޙަރަކާތްތަކުގެ މިންގަނޑުތައް އިތުރަށް ފުރިހަމަކުރަނީ

ތަރިކައިގެ ހަރަކާތްތައް ހުށަހަޅައިދޭއިރު ދީނީ ހަމަތަކާ އުސޫލުން ބޭރު ނުވާނެކަން ކަށަވަރުކުރާނަން!

ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި އެކުލެވިގެންވާ ސިފަތައް!
