logoEN
cocacola
ކުޅުދުއްފުށި ޕީއެންސީ ޖަގަހައިގައި ރޯކޮށްލި މީހާގެ ބަންދަށް 10 ދުވަސް!

ކުޅުދުއްފުށި ޕީއެންސީ ޖަގަހައިގައި ރޯކޮށްލި މީހާގެ ބަންދަށް 10 ދުވަސް!

އަލްފާ އަލީ

logo

4/27/2024, 8:38:48 AM

# ފުލުހުން

ކުޅުދުއްފުށި ޕީއެންސީ ޖަހަގައިގައި ވަނީ އަލިފާން ރޯކޮށްލާފައި --

ވިހިވަނަ ރައްޔިތުންގެ މަޖިލިސް އިމްތިހާބުގައި ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރެއްވި ޕީއެންސީ ކެނޑިޑޭޓް ފަރުހަތު މުހައްމަދުގެ ޖަގަހައިގައި އަލިފާން ރޯކޮށްލި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ގޮސިޔާ

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ, ހދ. ކުޅުދުއްފުށި/ހީނާމާގެ، އަންވަރު މުހައްމަދު (31އ)އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގަސްދުގައި އަލިފާން ރޯކޮށް މުދަލަށް ބޮޑެތި ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތުގައެވެ.

ފުލުހުން އަންވަރު ހައްޔަރުކޮށްފައި ވަނީ ރާއްޖޭން ބޭރަށް ފުރަން ދާން އެއާޕޯޓަށް ގޮސް ހުއްޓައެވެ. މިމައްސަލައިގައި އޭނާ ހައްޔަރު ކުރުމަށްފަހު، އިއްޔެ ވަނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ