logoEN
cocacola
ކާދު އުފެއްދުމަށް ކުނިވަކިކުރުމުގައި އާއްމުންގެ އެއްބާރުލުން ބޭނުންވޭ - ވެމްކޯ

ކާދު އުފެއްދުމަށް ކުނިވަކިކުރުމުގައި އާއްމުންގެ އެއްބާރުލުން ބޭނުންވޭ - ވެމްކޯ

# ވެމްކޯ

--

ކާދު އުފެއްދުމަށް ކުނި ވަކިކުރުމުގައި އާއްމުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ގޮސިޔާ

ވެމްކޯ އިން ބުނީ, ކާދު އުފެއްދުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ގަސްކާނާ އުފެއްދޭނެ ގޮތެއް ކަމަށާއި, އެކުންފުނީގެ ސ. ހުޅުމީދޫ ފެސިލިޓީގައިވެސް ކާދު އުފެއްދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

މި މަސައްކަތް އެންމެ ފުރިހަމަ ގޮތެއްގައި ކުރުމަށް, ކުނި ވަކިކުރުމުގައި އާންމުންގެ އެއްބާލުން ބޭނުންވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

"އެހެންކަމުން މި ބައިނަލްއަގުވާމީ ކާދު އުފެއްދުމަށް ހޭލުންތެރިކުރުމުގެ ހަފްތާގައި, ކުނި ވަކިކޮށް ކާދު އުފެއްދުމަށް އެއްބާރުލުންދީ ދެމެހެއްޓެނިވި ފެހި މާދަމާއަށް މަސައްކަތް ކުރުމާ" - ވެމްކޯ އިން ބުނެފައިވެއެވެ.

ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ވެމްކޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުގައި ބެހެއްޓިފައިވާ އެކުންފުނީގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް އަޕްގްރޭޑްކޮށް ހިދުމަތް ދިނުމަށް އެކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ