logoEN
cocacola
ފުވައްމުލަކުގައި ވެމްކޯގެ ޚިދުމަތް ފުޅާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ފުވައްމުލަކުގައި ވެމްކޯގެ ޚިދުމަތް ފުޅާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި

# ވެމްކޯ

ވެމްކޯ އިން ފުވައްމުލައް ސިޓީގެ ކައުންސިލާ ބައްދަލުކުރުމުގެ ތެރެއިން

ފުވައްމުލައް ސިޓީގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޚިދުމަތް ފުޅާކޮށް، އެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން އެ ސިޓީގެ ކައުންސިލާއި ވެމްކޯއިން މަޝްވަރާކޮށްފިއެވެ.

ގޮސިޔާ

މިއަދު ފުވައްމުލައް ސިޓީގައި ބޭއްވި އެ މަޝްވަރާ ބައްދަލުވުމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލުގެ އިތުރުން، ވެމްކޯގެ މެނޭޖްމެންޓްގެ ބޭފުޅުންނާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި އެ ސިޓީގައި ވެމްކޯ އިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތްތަކާއި، އޮޕަރޭޝަން ހަރުދަނާ ކުރުމަށް ކައުންސިލާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

View post on Twitter

ވެމްކޯ އިން މާލެ ސަރަޙައްދުން ބޭރުން، ބޮޑެތި އެހެން ރަށްތަކަށް ކުނި ކަލެކްޝަންގެ މަސައްކަތް ފެއްޓުމަށް ތައްޔާރުވާއިރު، ވެމްކޯ އާއި ފުވައްމުލައް ސިޓީ ކައުންސިލާ ކުރެވުނު މި މަޝްވަރާތަކުން ފުވައްމުލައް ސިޓީގައި އެކުންފުނީގެ ދޭ ޚިދުމަތަކީ ދެމެހެއްޓެނިވި ޚިދުމަތްތަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ