
މިނިސްޓަރ އިހްސާން
އިއްޔެ ރާއްޖޭގައި ބޭއްވި މަޖިލިސް އިންތިހާބާއި އެކު ދިވެހިންގެ އުންމީދުތައް ސާފު ވެއްޖެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިހްސާން ވިދާޅުވީ އިއްޔެގެ ނަތީޖާއިން ސާފު ވެގެންދިޔައީ ބައިބައިވުމާއި ފިތުނަ ފަސާދައާއި ސިޔާސީ ހަމަނުޖެން ދިވެހިން ބޭނުން ނުވާ ކަން ކަމަށާއިދިވެހިން އެދެނީ ޤާނޫނު ނަގަހައްޓަން ކަމަށެވެ.
މީގެ އިތުރުން ދިވެހިން އެދެނީ ހަމަޖެހުމާއި ރައްކާތެރިކަމާއި މަސްތުވާ ތަކެތިން ސަލާމަތްވުމަށާއި ވައްކަމާއި ކޮރަޕްޝަނުން މިންޖުވާންށާއި ޒަމާނީ ތަރައްޤީ އާއި ފަރުދީ ތަނަވަސްކަން ކަން އިހްސާން ވިދާޅުވިއެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޒައާމާތުގައި ކުރައްވާނީ ރައްޔިތުން މި އެދޭ ކަންކަން ހާސިލްކުރުމުގެ މަސައްކަތް ކަން އިހްސާން ފާޙަގަކުރެއްވި އެވެ.
އިހްސާން ވަނީ އިއްުޔެގެ ވޯޓުގައި ވެރިކަން ކުރާ ޕްރޮގްރެސިވް ކޯލިޝަނަށް ލިބުނު ކާމިޔާބީއަށް ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައި އެވެ.
އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށް ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޔަގީންކޮށްފައެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި ޕީއެންއަށް 70 އަށް ގިނަ ގޮނޑި ވަނީ ލިބިފައެވެ.
މިހާރު ހިނގަމުން އަންނަ 19ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދި އެމްޑީޕީއަށް މި އިންތިހާބުގައި ކާމިޔާބުކުރެވުނީ, އެންމެ 12 ގޮނޑި ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ. އެމްޑީޕީން ވަނީ މަޖިލީހުގެ ނިމިދިޔަ މަޖިލިސް އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށްފައެވެ.
ގުޅުންހުރި

އިހްސާނުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!

911 އަށް ހުށައަޅާ މައްސަލަތައް ކަމާގުޅުން ހުރި ހުރިހާ އިދާރާތަކަށް ވަގުތުން ފޯރުކޮށްދެވޭނެ: އިހްސާން
-1730097172741.webp&w=3840&q=75)
ވެރިކަމާ ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް ގާއިމްނުކުރެވި 72 ރަށެއް އޮތް: އިޙްސާން
