
ސިޓީގެ އަމާޒަކީ ތަށި ދިފާއުކުރުން: ބެނާޑޯ ސިލްވާ
# ބޭރު ދުނިޔޭގެ ކުޅިވަރު# ރެއާލް މެޑްރިޑް# މެންޗެސްޓާ ސިޓީ # ޔުއެފާ ޗެމްޕިއަންސްލީގުބެނާޑޯ ސިލްވާ
މެންޗެސްޓާ ސިޓީގެ ޓާގެޓަކީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެންޕިްއަންސް ލީގު ކާމިޔާބުކުރުން ކަމަށާއި އެކަމަށް ހިތްވަރު ލިބެނީ ރެއާލް މެޑްރިޑްގެ ތާރީޚުން ކަމުގައި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ ބުނެފިއެވެ

ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި މާދަމާ ރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސިޓީގެ މިޑްފީލްޑަރު ބުނީ ޗެންޕިއަންސް ލީގުގެ ތަށި މިހާތަނަށް ދިފާއުކުރި ހަމައެކަނި ޓީމަކީ ރެއާލް މެޑްރިޑް ކަމަށާއި އަދި އެޓީމުން މިތަށި ޖެހިޖެހިގެން ތިން ފަހަރަށް ކާމިޔާބު ކޮއްފައިވުމަކީ އޭގެން ހިތްވަރު ހޯދަންޖެހޭ ކަމެއްކަމަށެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅެވުނު ފުރަތަަމަ ލެގުގެ މެޗު 3-3 ގެ ނަތީޖާއަކުން ދެޓީމް ވަނީ އެއްވަރުވެފައެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގެ ސެމީފައިނަލްގައި ވެސް މިދެޓީމު ވާދަކޮށްފައި ވާއިރު، 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ ފައިނަލުން ޖާގަ ހޯދީ މެންޗެސްޓާ ސިޓީ އެވެ. އަދި އެފަހަރު ވެސް ފުރަތަަމަ ލެގު ރެއާލްގެ ދަނޑުގައި ކުޅުނުއިރު، އެމެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ. ނަމަވެސް ދެވަނަ ލެގުގައި ސިޓީގެ ދަނޑުގައި އެޓީމުން ވަނީ ފަސޭހަކަމާ އެކު 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.
މިދެޓީމު މީގެ ކުރިން 11 ފަހަރެއްގެ މަތިން ވާދަކޮށްފައި ވާއިރު، އޭގެތެރެއިން ހަތަރު މެޗުން މެންޗެސްޓާ ސިޓީ ވަނީ މޮޅުވެފައެވެ. އަދި ރެއާލް މެޑްރިޑް ތިން މެޗުން މޮޅުވިއިރު އަނެއް ހަތަރު މެޗު ނިމިފައިވަނީ ދެޓީމް އެއްވަރުވެގެންނެވެ. މީގެ އިތުރުން ސިޓީގެ ދަނޑުގައި މިދެޓީމު ފަސް މެޗު ކުޅެފައިވާއިރު އޭގެތެރެއިން ތިން މެޗުން ސިޓީ މޮޅުވިއިރު އަނެއް ދެމެޗު ނިމިފައި ވަނީ އެއްވަރުވެގެންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




