logoEN
cocacola
އީރާނުން އެމެރިކާ އާއި އިނގިރޭސިވިލާތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނުން އެމެރިކާ އާއި އިނގިރޭސިވިލާތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އަހުމަދު ޝުރާއު

logo

5/2/2024, 10:38:29 AM

# އިރާން

ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި އިސްރާއީލަށް ތާއީދުކުރާ ކަމަށް ބުނެ އީރާނުން އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ބައެއް ފަރާތްތަކާއި ޖަމާއަތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފަ އެވެ.

ގޮސިޔާ

އިޒްރޭލުގެ ސަރަހައްދީ ވާދަވެރިޔާ އިސްލާމިކް ރިޕަބްލިކް އޮފް އިރާނުން އަދަބު ދިނުމުގެ ފިޔަވަޅުތައް ހާމަކޮށްފައިވަނީ އެގައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑްގެ ކޮމާންޑަރު ޖެނެރަލް ބްރަޔަން ޕީ ފެންޓަން އާއި އެމެރިކާގެ ނޭވީގެ ފިފްތް ފްލީޓްގެ ކުރީގެ ކޮމާންޑަރު ވައިސް އެޑްމިރަލް ބްރެޑް ކޫޕާ ގެ އިތުރުން އެމެރިކާގެ ހަތް މީހަކު ހިމެނެއެވެ.

އިނގިރޭސި އޮފިޝަލުންނާއި އަމާޒުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޑިފެންސް ގްރާންޓް ޝެޕްސް އާއި އިނގިރޭސި އަސްކަރިއްޔާގެ ސްޓްރެޓެޖިކް ކޮމާންޑްގެ ކޮމާންޑަރު ޖޭމްސް ހޮކެންހުލް އާއި ރަތް ކަނޑުގައި ހަރަކާތްތެރިވާ އިނގިރޭސި ރޯޔަލް ނޭވީ ހިމެނެ އެވެ.

މީގެ އިތުރުން އެމެރިކާގެ ކުންފުނިތައް ކަމަށްވާ ލޮކްހީޑް މާޓިން އާއި ޝެވްރޮން އާއި އިނގިރޭސި ވިލާތުގެ އެލްބިޓް ސިސްޓަމްސް އާއި ޕާކަރ މެގިޓް އަދި ރަފައެލް ޔޫކޭގެ މައްޗަށް ވެސް ވަނީ ޖޫރިމަނާ ކުރަން ނިންމައިފަ އެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ވަކި ވަކި ފަރުދުންނަށް ނުވަތަ މުއައްސަސާތަކަށާއި އެ ފަރާތްތަކުގެ މުދަލާއި އީރާނާ އެކު ކުރެވޭ މުއާމަލާތްތަކަށް ކުރާނެ އަސަރެއް އަދި ވެސް ސާފެއް ނުވެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ