logoEN
cocacola
ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 34,000 އަށްވުރެ މައްޗަށް!

ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 34,000 އަށްވުރެ މައްޗަށް!

އަހުމަދު ޝުރާއު

logo

4/14/2024, 1:03:43 PM

# ޣައްޒާ

7 އޮކްޓޯބަރުން ފެށިގެން ޔަހޫދީ އިސްރާއީލުން ހުއްޓުމެއްނެތި ފަލަސްތީނުގެ ޣައްޒާއަށާއި ހުޅަނދު އައްސޭރީގައި ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ 34,000 އަށްވުރެ މައްޗަށް އަރައިފި އެވެ.

ގޮސިޔާ

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއާއި އިތުރު މަސްދަރުތަކުން އެއްކުރެވުނު މައުލޫމާތައް ރިޔާއަތްކޮށް އަލް ޖަޒީރާއިން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގޮތުގައި މިދިޔަ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި 33,729 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ހަމަލާތަކުގައި މިހާތަނަށް 465 މީހުން ޝަހީދުވެފައިވާއިރު ހުޅަނގު އައްސޭރިއާއި ޣައްޒާ ހިމެނޭހެން ޖުމުލަ 34,194 މީހުން ވަނީ ޝަހީދުވެފައި އެވެ.

ޔަހޫދީން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 13,900 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭކަމަށްވެސް ވަނީ ބުނެފައި އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން 76,371 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު ހުޅަނގު އައްސޭރީން 4,750 މީހުން ވަނީ ޒަހަމްވެފައި އެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި 8،000 އަށްވުރެ ގިނަ މީހުން ވަޅުލެވިފައިވާ ކަމަށް ވެސް އަލްޖަޒީރާއިން ބުނެއެވެ،

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ