
ފިޔޯރީ
ގދ ފިޔޯރީގައި ރިހާކުރު ފެކްޓަރީއެއް ތަރައްޤީކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.

ފިޔޯރީ ރިހާކުރު ފެކްޓަރީ ތަރައްޤީކުރަން ނިންމާފައިވާކަން ހާމަވެފައިމިވަނީ މިއަދު މަސްވެރިކަމާއި ބެހޭ ވުޒާރާއާއި ޗައިނާ ކުންފުންޏަކާއި ދެމެދު ވެވުނު އެއްބަސްވުމަށްފަހު އުވުޒާރާއިން ހާމަކުރި މައުލޫމާތުންނެވެ.
އެގޮތުން މިއަދު ސަރުކާރުން ވަނީ ތިން ރަށެއްގައި ފިޝް ލޭންޑިން، ޕްރޮސެސިން އެންޑް ސްޓޯރޭޖް ފެސިލިޓީތައް ތަރައްގީކުރުމަށް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާއެކު ސޮއިކޮށްފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ގދ ފިޔޯރީ އާއި ދ މާދެލި އަދި ޅ. ފެލިވަރެވެ.
ފިޔޯރީގައި ސަރުކާރުން ތަރައްޤީކުރަން ނިންމައި ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީއަކާއި ދުވާލެއްގެ މައްޗަށް 100 ޓަނުގެ ޕްރޮސެސިން ފެސިލިޓީއަކާއި ފިޝް މީލް ޕްލާންޓަކާއި ރިހާކުރު އުފެއްދުމުގެ ފެސިލިޓީއެއް ތަރައްޤީކުރުމަށެވެ.
މި ފެކްޓަރީ ވެގެންދާނީ މި ސަރުކާރުން ރާއްޖޭގައި ތަރައްޤީކުރާނެ ފުރަތަމަ ރިހާކުރު އުފެއްދުމުގެ ފެސިލިޓީއަށެވެ.
ގުޅުންހުރި

ފިޔޯރީ މަސްދަަޅު ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ރަސްމީ ދަތުރުފުލެއްގައި ނައިބު ރައީސް ފިޔޯރީއަށް!

ފިޔޯރީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފި

.gif&w=3840&q=75)



